ސިނގިރޭޓު ބުއިން ހުއްޓާލާފައިވާ ފަރާތްތަކަށް، ސިނގިރޭޓު ބުއިމުން ފުއްޕާމެއަށް ލިބުނު ގެއްލުން ޓޮމާޓޯއިން ރަނގަޅު ކޮށްދޭ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
މި ދިރާސާއަކީ އެމެރިކާގެ މެރީލޭންޑްގެ ބަލްޓިމޯރ ގައި ހުންނަ ޖޯންސް ހޮޕްކިންސް ބްލޫމްބާގް ސްކޫލް އޮފް ޕަބްލިކް ހެލްތުން ހަދާފައިވާ ދިރާސާއެކެވެ. މި ދިރާސާގެ ރަސްމީ ނަތީޖާ އާންމު ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުގައި އެވެ.
އެ ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ ޖާމަނީ، އިނގިރޭސިވިލާތް، ޖާމަނީ އަދި ނޯވޭގެ 680 މީހަކު ބައިވެރި ކޮށްގެން 10 އަހަރުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ދިރާސާއެކެވެ.
މި ދިރާސާއިން ދައްކާފައިވާގޮތުގައި ސިނގިރޭޓު ބުއިން ހުއްޓާލުމަށްފަހު ތާޒާ މޭވާ ކެއުން އިތުރު ކުރުމުން ފުއްޕާމެއަށް ލިބިފައިވާ ގެއްލުން ރަނގަޅު ކޮށްދެ އެވެ. އަދި އެކަމަށް އެންމެ ބޮޑަށް އަސަރު ކުރަނީ ޓޮމާޓޯއިން ކަމުގައި އެ ދިރާސާއިން ދައްކާފައިވާކަމަށް އެމީހުން ބުނެފައި ވެ އެވެ.
ނަމަވެސް ސިނގިރޭޓު ބޮމުން ޓޮމާޓޯ ކެއުމަކީ އެއްވެސް ހައްލެއް އަންނާނެ ކަމެއް ނޫންކަމުގައިވެސް ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް