ހުމެއް ނުވަތަ ރޯގާއެއް އުޅޭހެން ހީވާނަމަ ނުވަތަ އެކަމުގެ އަލާމާތްތައް ފެންނަ ނަމަ އެކަމުގެ އެންމެ ރަނގަޅު ގޮތަކީ ލަސް ނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމެވެ. އަދި ޑޮކްޓަރެއްގެ ލަފާގެ މަތިން ބޭސް ބޭނުން ކުރުމެވެ.
ފަޅޮލަކީ ސިއްހީގޮތުން އެތައް ފައިދާއެއް އެކުލެވޭ މޭވާ އެކެވެ. ގިނަ ބަލިތަކަށް ޝިފާ އެކެވެ. ފަޅޮލުގައި ފައިދާ އެކުލެވެނީ ހަމަ އެކަނި އެ މޭވާގައި އެއް ނޫނެވެ. ފަޅޮލުގެ ފަތަކީވެސް ލޭގެ ޕްލޭޓްލެޓް ގިނަ ކޮށްދިނުމާއި އެންޓި މެލޭރިއަލް ޕްރޮޕަޓީސް އެކުލެވިގެންވާ އެއްޗެކެވެ. އެހެންކަމުން އަވަށްޓެރި އިންޑިއާގައްޔާއި އަދި ބައެއް އެހެނިހެން ގައުމުތަކުގައި ޑެންގޫ ހުމަށް ގޭގައި ދޭ ފަރުވާއެއްގެ ގޮތުގައި ފަޅޯ ފަތު ދިޔަ ބޭނުންކޮށް އުޅެތެވެ.
ފަޅޯ ފަތުގައި ފިނޮލިކް ކޮމްޕައުންޑްސް، ޕަޕައިން އަދި އަލްކަލޮއިޑްސް ފަދަ ނިއުޓްރިއެންޓްސް ހިމެނެ އެވެ. ޑެންގޫ ހުން ފަދަ ބަލިތަކުގައި އިންސާނާގެ އިމިއުން ސިސްޓަމް ބަލިކަށި ކޮށްލާއިރު ފަޅޯފަތުގައި އެކުލެވޭ މި ނިއުޓްރިއެންޓްސް، އިންސާނާގެ އިމިއުން ސިސްޓަމް ވަރުގަދަ ކޮށްދެ އެވެ.
ދިރާސާއެއްގެ އަލީގައި:
އިންޑިއާގައި މިކަމަށް ދާދި ފަހުން ދިރާސާއެއް ހަދާފައިވާކަމަށް ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓް ކޮށްފައި ވެ އެވެ. ޑެންގޫ ހުމަށް ފަރުވާ ހޯދަމުން ދިޔަ 400 ބަލި މީހުންގެ މައްޗަށް މި ދިރާސާ ކުރިއަށް ގެންދިޔަ އިރު އޭގެ ތެރެއިން 200 މީހުންނަށް ފަޅޯ ފަތު ދިޔަ ދިން ކަމަށާއި އަދި އެ ބަލި މީހުންގެ ޕްލޭޓްލެޓް ކައުންޓް އިތުރުވި ކަމަށާއި ސައިޑް އެފެކްޓްސް ތައް މަދު ކަމަށް ރިޕޯޓް ކޮށްފައި ވެ އެވެ.
ތިރީގައިވާ ލިންކުންވެސް މިފަދަ ދިރާސާއެއްގެ ނަތީޖާ ހިމެނެ އެވެ. މި ދިރާސާއަކީ އެމެރިކާގެ ނެޝަނަލް ސެންޓަރ އޮފް ބަޔޯ ޓެކްނޮލޮޖީ އިންފޮމޭޝަންގައި ހިމަނާފައިވާ ދިރާސާ އެކެވެ.
https://www.ncbi.nlm.nih.gov/pmc/articles/PMC3614241/
ވީޑިއޯ: ފަޅޯ ފަތު ދިޔަ ތައްޔާރު ކުރާނެ ގޮތް:
https://www.youtube.com/watch?v=VU4WhET_UWE
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް