ސިލޯނާއެކު ދިވެހީން: އެޗްޑީސީއިން 100،000 ރުފިޔާ ހަދިޔާކޮށްފި

ތޫފާން ދީތުވާއާއި ގުޅިގެން ސްރީލަންކާއަށް ކުރިމަތިވެފައިވާ ކާރިސީ ހާލަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި މީޑިއާތަކުން ފަށާފައިވާ "ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝ...

01 Dec 2025 | 09:22
N/A

N/A

ތޫފާން ދީތުވާއާއި ގުޅިގެން ސްރީލަންކާއަށް

ކުރިމަތިވެފައިވާ ކާރިސީ ހާލަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި

މީޑިއާތަކުން ފަށާފައިވާ "ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ހައުސިން

ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެއް ލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.

މީޑިއާތަކުން ކުރިއަށްގެންދާ ޓެލެތޯންގައި

ބައިވެރިވެ އެޗްޑީސީގެ ފަރާތުން އެ ހަދިޔާ ދިނުމުގެ ރަސްމިއްޔާތުގައި އެޗްޑީސީގެ

މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަޑް) އަލީ ޒުހައިރާއި ކުންފުނީގެ

ބައެއް އިސްވެރީން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެ ކުންފުނީގައި މަސައްކަތް

ކުރާ ސްރީލަންކާއަށް ނިސްބަތްވާ ބައެއް މުވައްޒަފުންވެސް ބައިވެރިވިއެވެ.

އިއްޔެ ހެނދުނު 09:00 ހާއިރު ފެށި މި ޓެލެތޯނަށް

މިހާތަނަށް 10 މިލިޔަނަށްވުރެ ގިނަ ރުފިޔާއާއި 43 ހާހަށްވުރެ ގިނަ ޑޮލަރު ލިބިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް