ދިރާގުގެ 'ލިމިޓެއްނެތް' ފައިބަރ ބްރޮޑްބޭންޑް ޕެކޭޖްތަކާ އެކު ރާއްޖޭގެ މުވާސަލާތީ ގުޅުމަށް ބޮޑު ބަދަލެއް

ދިރާގުގެ މުޅިން އައު 'ލިމިޓެއްނެތް' އިންޓަރނެޓް ޕެކޭޖްތަކާ އެކު ރާއްޖޭގެ މުވާސަލާތީ ގުޅުމަށް ބޮޑު ބަދަލެއް އެކުންފުނިން ގެނެސްފިއެވެ. މި އައު ޕެކޭޖްތައް ދިރާގުން ތައާރަފްކޮށްފައިވަނީ ދިރާގު ހެޑް އޮފީހ...

01 Dec 2024 | 18:39

ދިރާގުގެ މުޅިން އައު 'ލިމިޓެއްނެތް' އިންޓަރނެޓް ޕެކޭޖްތަކާ އެކު ރާއްޖޭގެ މުވާސަލާތީ ގުޅުމަށް ބޮޑު ބަދަލެއް އެކުންފުނިން ގެނެސްފިއެވެ.

މި އައު ޕެކޭޖްތައް ދިރާގުން ތައާރަފްކޮށްފައިވަނީ ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ އިވެންޓެއްގައެވެ.

ދިރާގުގެ ލިމިޓެއްނެތް ޕެކޭޖުތަކަކީ ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުމަށް ފެތޭ، ލިމިޓެއްނެތި ސްޓްރީމްކޮށް، ގޭމްކުޅެ އަދި ބްރައުސްކުރުމަށް އެންމެ ފުރިހަމަ ޕެކޭޖްތަކެކެވެ. އެގޮތުން ދިރާގު ކަސްޓަމަރުންނަށް ލިމިޓެއްނެތް 20 އެމް.ބީ.ޕީ.އެސް އިން ފެށިގެން 1 ޖީބީ.އެމް.ޕީ.އެސް ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްތަކާ ހަމައަށް، ކުރިއަށް ވުރެ ރަނގަޅު ފެންވަރުގެ އިންޓަރނެޓް ހިދުމަތް އެކި ސްޕީޑްތަކާއި ހުސްނުވާ ޑޭޓާ އެލަވަންސްތަކާ އެކު ލިބިގެންދާނެކަމަށް ދިރާގުން ބުނެއެވެ.

ދިރާގުގެ އެ ހާއްސަ އިވެންޓްގައި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ ޗީފް ކޮމަރޝަލް އޮފިސަރ، އަލީ ރިޔާޒް ވިދާޅުވީރާއްޖެ ޑިޖިޓަލް ޒަމާނުގައި ކުރިއަރަމުންދާއިރު، ހުއްޓުމެއް ނެތް، ހަލުވި ސްޕީޑްގެ އިންޓަރނެޓްގެ ބޭނުންވަނީ އިތުރުވެފައި ކަމަށާއި އެގޮތުން، ރާއްޖެ މުވާސަލާތީ ގޮތުން ގުޅުވާލައި، ޑިޖިޓަލް މުސްތަގުބަލަށް ކަސްޓަމަރުން ތައްޔާރުކުރުމަކީ ދިރާގުން ވަރަށް ބޮޑު އަހައްމިއްޔަތުކަން ދޭ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ކުރާ ހުރިހާ ކަމެއްގައިވެސް އެންމެ ބޮޑު އިސްކަމެއް ދެނީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް. އަދި ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނާ ހަމައަށް އިޖާދީ، ޑިޖިޓަލް ހައްލުތައް  ގެނެސްދީ އެފަރާތްތަކުގެ ދިރިއުޅުން އިތުރަށް ފާގަތިކުރުމަށް." އޭނާ ވިދާޅުވިއެވެ.

ދިރާގުން ބުނެފައިވާގޮތުގައި މި އަލަށް ތައާރަފްކުރެވުނު ޕެކޭޖްތަކާ އެކު ދިރާގުން ކަސްޓަމަރުންގެ ބޭނުންތަކަށް ކުރިއަށް ވުރެ ފެންވަރު ރަނގަޅު ހިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ. އެގޮތުން ދާދި ފަހުން ދިރާގުން ވަނީ އެންމެ ފަހުގެ ގްލޯބަލް ސުޕަ-ހައިވޭ ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ލޭންޑިންގް ރާއްޖެގައި އިފްތިތާހުކޮށްފައެވެ. އަދި މިއާ އެކު ދުނިޔޭގެ މައި އިންޓަރނެޓް އެކްސްޗޭންޖް ޕޮއިންޓްތަކާއި ޑޭޓާ ސެންޓަރުތަކަށް ދިވެހިރާއްޖެ ސީދާ ގުޅުވާލަދީ، ރާއްޖޭގެ ބައިނަލްއަގުވާމީ ކަނެކްޓިވިޓީ އިތުރަށް ހަރުދަނާކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ހިދުމަތްތައް ކުރިއެރުވުމަށް މަގުފަހިވެގެންދާނެއެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ނެޓްވަރކަކީ ދިވެހިރާއްޖޭގައި އެންމެ ހަލުވި ސްޕީޑްގައި އަދި އެންމެ ފުޅާ ދާއިރާއެއްގައި ކަވަރޭޖް ފޯރުކޮށްދޭ ނެޓްވަރކެވެ. އެގޮތުން ދިރާގުގެ އިންޓަރނެޓް ހިދުމަތް މިހާރު ވަނީ ރާއްޖޭގެ 95 އިންސައްތައަށް ވުރެ ގިނަ ގޭބީސީތަކަށް ފޯރުކޮށްދީފައެވެ. ދިރާގުން ދަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގައި އިސްކޮށް ހަރަކާތްތެރިވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މީހުންގެ ދިރިއުޅުން މުއްސަނދިކޮށްދޭ އިނޮވޭޓިވް ސޮލިއުޝަންތައް އުފައްދައި، ޑިޖިޓަލް މުޖުތަމައުތައް ބާރުވެރިކުރުވުމަށް މަސައްކަތްކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް