އެފްއެސްއެމްގެ މުވައްޒަފުންތަކެއް ތެލުން ވައްކަންކޮށް ފައިސާ ލޯންޑަރކުރާ މައްސަލައެއް

ފިއުލް ސައިޕްލައިސް މޯލްޑިވްސްގެ މުވައްޒަފުންތަކެއް ތެލުން ވައްކަންކަން، އޭގެން ލިބޭ ފައިސާ ލޯންޑަރކުރަމުންދާކަމަށް ޝައްކު ކުރެވޭ މައްސަލައެއް ތަހުގީގުކުރަން ފަށައިފިއެވެ. މިކަން ހާމަކުރެއްވީ ދާޚިލީ ސ...

01 Dec 2024 | 18:33

ފިއުލް ސައިޕްލައިސް މޯލްޑިވްސްގެ މުވައްޒަފުންތަކެއް ތެލުން ވައްކަންކަން، އޭގެން ލިބޭ ފައިސާ ލޯންޑަރކުރަމުންދާކަމަށް ޝައްކު ކުރެވޭ މައްސަލައެއް ތަހުގީގުކުރަން ފަށައިފިއެވެ.

މިކަން ހާމަކުރެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ވަޒީރު އަލީ އިހްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި ވަޒީރު ވިދާޅުވެފައިވަނީ މި މައްސަލައިގާ މިހާތަނަށް ފުލުހުންގެ ހާއްސަ ޓީމުތަކުން 10 މީހަކާއި ދެ ގެއެއް އަދި ތެޔޮ އުފުލާ ދެ ބާޖެއް ބަލައިފާސްކޮށް މައްސަލައާއި ގުޅުންހުރި އިލެކްޓްރޯނިކް ސާމާނާއި ލިޔެކިޔުންތައް ހޯދާފައިވާކަމަށެވެ.

"ތަހުގީގު ކުރިއަށްދާވަރަކުން ފުލުހުންގެ ފަރާތުން ދިވެހި ރައްޔިތުންނަށް މައްސަލައާއި ގުޅޭ އިތުރު ތަފްސީލު ހާމަކުރައްވާނެ" ވަޒީރު ވިދާޅުވެފައިވެއެވެ.

ވަޒީރު އިތުރަށް ވިދާޅުވެފައިވަނީ މިފަދަ މައްސަލަތައް ހޯދާ ފުރިހަމައަށް އަވަހަށް ތަހުގީގުކޮށް ވަކި މީހަކު އިސްތިސްނާނުކޮށް ގާނޫނީ ފިޔަވަޅު އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް އިސްކަންދެއްވާކަމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް