ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާ ހިންގެވުން ވަގުތީގޮތުން ވަޒީރު މާރިޔާއާއި ހަވާލުކުރައްވައިފި

ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާ ހިންގެވުން ވަގުތީގޮތުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މަރްޔަމް މާރިއާއާއި ހަވާލުކުރައްވައިފިއެވެ. ރައީ...

01 Dec 2024 | 18:09

ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާ ހިންގެވުން ވަގުތީގޮތުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މަރްޔަމް މާރިއާއާއި ހަވާލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެ ވުޒާރާ ހިންގެވުން ޑރ. މާރިޔާއާއި ހަވާލުކުރައްވާފައިމިވަނީ އެ ވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ މިއަދު އެ މަޤާމުން އިސްތިޢުފާ ދެއްވުމުންނެވެ.

ޑރ. ޢާއިޝަތު ރަމީލާ އެ މަޤާމުން އިސްތިޢުފާދެއްވާފައިވަނީ ޞިއްޙީ ޙާލުކޮޅު ހުރިގޮތުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް