ޕަަލްމާސް އިން ގަދަފަދަ ބާސެލޯނާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުުނު މެޗުން ލަސް ޕަަލްމާސް އަތުން ބަލިވެއްޖެ އެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ޕަލްމަސް އަތުން ބާސެލޯނާ ބަލިވީ1-2 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ...

01 Dec 2024 | 04:04

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުުނު މެޗުން ލަސް ޕަަލްމާސް އަތުން ބަލިވެއްޖެ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ޕަލްމަސް އަތުން ބާސެލޯނާ ބަލިވީ1-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް ލަނޑެއްނުޖެހި ނިމުނުއިރު، ދެ ވަނަ ހާފު ފެށިގެން ހަތަރު މިނިޓް ތެރޭ ލަސް ޕަލްމާސް އިން ލީޑުނެގި އެވެ. އެ ޓީމުގެ ލަނޑު ޖެހީ، ސަންޑްރޯ ރަމިރޭޒް އެވެ.

ނަތީޖާ ހަމަހަމަކުރަން ބާސެލޯނާ އިން ކުރަމުން އައި މަސައްކަތް ކާމިޔާބުވީ މެޗުގެ 61 ވަަނަ މިނިޓްގަ އެެވެ. މި ލަނޑު ޖެހީ، ލަސް ޕަލްމާސް އަށް ކުރިން ކުޅުނު ޕެޑްރީ ދިން ބޯޅައަކުން ރަފީނިއާ އެވެ.

ލަސް ޕަލްމާސް އިން ހިތްވަރު އެލުވައިނުލާ ރަނގަޅަށް ކުޅެ މެޗުން މޮޅުވި ގޯލު ޖެހީ، ބާސެލޯނާ އިން އެއްވަރުކުރިތާ އަށް މިނިޓް ފަހުންނެވެ. މި ލަނޑު ޖެހީ ފަބިއޯ ސިލްވާ އެވެ.

ހަންސީ ފްލިކްގެ ކޯޗުކަމުގައި ރަނގަޅު ފޯމެއްގައި މި ފަހަރުގެ ސީޒަން ފެށި ބާސެލޯނާ އިން މި ވަނީ ލީގުގައި ތިން ވަނަ މެޗަކުން ބަލިވެފަ އެވެ. މި މެޗަކީ، މި ހަފްތާ ބަންދުގައި ބާސެލޯނާގެ 125 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ފަހު ކުޅުނު ފުރަތަމަ މެޗެވެ.

ރޭގެ ނަތީޖާއާ އެކު، ލީގުގެ އެއް ވަނައިގައި ބާސެލޯނާ މި ވަގުތު އޮތީ ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެ ދެ މެޗު އިތުރަށް ކުޅެގެން ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ބާސެލޯނާ އަށް 15 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، ރެއާލަށް 13 މެޗުން ވަނީ 30 ޕޮއިންޓް ލިބިފަ އެވެ. ލީގުގެ 14 ވަނައިގައި އޮތް ލަސް ޕަލްމާސް އަށް 15 މެޗުން ވަނީ 15 ޕޮއިންޓް ލިބިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް