ގޯލްޑް ކަޕް 2024: ބޮޑު ތަފާތަކުން މީދޫ ބަލިކޮށް ފުވައްމުލައް ދެ ވަނަ ބުރަށް

މިހާރި ފެށިގެން ކުރިއަށް ދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ހޮނިހިރު ދުވަހުގެ ރޭ ދ. މީދޫ އަތުން ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ، ފުވައްމުލަކު ސިޓީން ދެ ވަނަ ބުރުގެ ޖާގައެއް ޔަގީންކޮށ...

01 Dec 2024 | 03:32

މިހާރި ފެށިގެން ކުރިއަށް ދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ހޮނިހިރު ދުވަހުގެ ރޭ ދ. މީދޫ އަތުން ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ، ފުވައްމުލަކު ސިޓީން ދެ ވަނަ ބުރުގެ ޖާގައެއް ޔަގީންކޮށްފި އެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު މި މެޗުން ވުވައްމުލަކުން ކާމިޔާބު ކޮށްފައި ވަނީ 0-4 ގެ ނަތީޖާއިންނެވެ.

ރޭގެ މެޗުން ހޯދި މޮޅާއި އެކު ފުވައްމުލައް ދެވަނަ ބުރު ޔަގީން ކުރިއިރު، ދެ ވަނަ ބުރުގެ 12 ޖާގައިގެ ތެރެއިން ހަތަރު ޖާގައެއް ވަނީ މިހާރު ކަށަވަރުވެފަ އެވެ. އެއީ، ފުވައްމުލަކުގެ އިތުރުން މާލެ ސިޓީ އާއި ބ. އޭދަފުށި އަދި ރ. އަލިފުށިންނެވެ.

ކޯޗު ސޮބާހު މުހައްމަދު (ސޮބާ)ގެ އިރުޝާދުގެ ދަށުން ކުޅޭ ފުވައްމުލަކު ޓީމަށް ރޭގެ މެޗުގައި، އަލީ ޝަމާލް އަބްދުﷲ (ޝަންމު) ވަނީ ހެޓްރިކެއް ހަދައިފަ އެވެ. ޝަންމު ފުރަތަމަ ދެ ގޯލު ޖެހީ ފުރަތަމަ ހާފުގަ އެވެ. ހެޓްރިކް ފުރިހަމަކުރި ގޯލު ޖެހީ މެޗުގެ ފަހު ވަގުތު ލިބުނު ޕެނަލްޓީއަކުންނެވެ. ފުވައްމުލަކު ޓީމުގެ އަނެއް ގޯލު ޖެހީ، ކެޕްޓަން އިނާން އަހުމަދު އެވެ.

ރޭގެ މޮޅާއި އެކު ގްރޫޕް އޭގެ އެއް ވަނައިގައި ފުވައްމުލަކު އޮތީ ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ކުޑަހުވަދޫ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް މީދޫ އަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް ހއ. ދިއްދޫ އާއި ފުލުގައި އޮތް ގދ. ފަރެސްމާތޮޑާ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ގޯލްޑް ކަޕްގެ ދެ ވަނަ ބުރު ކުރިއަށްދާނީ، 12 ޓީމު ހަތަރު ގްރޫޕަަށް ބަހާލައިގެން ކޮންމެ ގްރޫޕެއްގައި ތިން ޓީމު ހިމެނޭ ގޮތަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް