ގޯލްޑް ކަޕް 2024: ފަހު ވަގުތު އެއްވަރުކޮށް ކެންދޫ އަތުން މާފުށްޓަށް ޕޮއިންޓެއް

މިހާރު ފެށިގެން ކުރިއަށް ދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި، ބ. ކެންދޫން މޮޅުވާން ދަނިކޮށް، އެ ޓީމާއި އެއްވަރުކޮށް، ކ. މާފުށިން ޕޮއިންޓެއް ހޯދައިފި އެެވެ. ހޮނިހިރު ދުވަހު ހަވީރު ކުޅު...

01 Dec 2024 | 03:19

މިހާރު ފެށިގެން ކުރިއަށް ދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި، ބ. ކެންދޫން މޮޅުވާން ދަނިކޮށް، އެ ޓީމާއި އެއްވަރުކޮށް، ކ. މާފުށިން ޕޮއިންޓެއް ހޯދައިފި އެެވެ.

ހޮނިހިރު ދުވަހު ހަވީރު ކުޅުނު މި މެޗުން ދެޓީމު އެއްވަރުވެފައި ވަނީ 1-1 ގެ ނަތީޖާއިންނެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ކެންދޫން ނިންމާލީ ލީޑުގައި އޮވެ އެވެ. އެ ޓީމަށް ލީޑުނަގައިދިނީ ގާސިމް ސައްމާމު (ސަންމެ) ޖެހި ގޯލުންނެވެ. ކޯނަރަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅަ ސައްމަ ވަނީ ހަަމަޖެހިލައިފައި ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިފަ އެެވެ.

މާފުށްޓަށް މި މެޗުގައި ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބި ބޭނުމެއް ނުކުރެވުނެވެ.

ކެންދޫ މޮޅުވާން ދަނިކޮށް، މާފުށިން އެއްވަރުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެއް މިނިޓަށް ވެފައި އޮއްވައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ. މި ޕެނަލްޓީ ކާމިޔާބު ކުރީ އަލީ އުޒައިރު މުހައްމަދު އެވެ.

ގޯލްޑް ކަޕް ގްރޫޕް ޑީގައި ކޮންމެ ޓީމެއް ދެ މެޗު ކުޅެފައިވާއިރު، ރ. އަލިފުށިން ވަނީ ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާ އެކު އަނެއް ބުރު ޔަގީންކޮށްފަ އެވެ. ދެ ވަނައިގައި އޮތް ނައިފަރަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް މާފުށްޓާއި ހަަތަރު ވަަަނައިގައި އޮތް ކެންދޫ އަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް