ބީއެމްއެލަށް 65 އޭޓީއެމް ހޯދަން އިއުލާންކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް 65 އޭޓީއެމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ. ބީއެމްއެލްއިން އޭޓީއެމް ހޯދަން ކުރި އިއުލާނެއްގައި ބުނީ ބޭންކަށް އޭޓީއެމް ސަޕްލައިކޮށްދޭން ބޭނ...

01 Dec 2024 | 03:07

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް 65 އޭޓީއެމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

ބީއެމްއެލްއިން އޭޓީއެމް ހޯދަން ކުރި އިއުލާނެއްގައި ބުނީ ބޭންކަށް އޭޓީއެމް ސަޕްލައިކޮށްދޭން ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

މިކަމާ ގުޅޭ މައުލޫމާތު ސާފު ކުރުމުގެ ފުރުސަތު މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ބީއެމްއެލްގެ ހެޑް އޮފީހުގަ އެވެ.

ބީއެމްއެލް އިން 65 އޭޓީއެމް ހޯދަން އިއުލާން ކުރިއިރު، ރާއްޖޭގެ ހުރިހާ ރަށަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަޝްރޫޢު ދާދިފަހުން ވަނީ އިފްތިތާހުކޮށްފަ އެވެ.

މިވަގުތު ރާއްޖޭގައި ބީއެމްއެލް ގެ 190 އޭޓީއެމް ޤާއިމުކުރެވިފައިވާއިރު، އަންނަ އަހަރު ނިމުމުގެ ކުރިން، ރާއްޖޭގައި 250 އަށްވުރެ ގިނަ އޭޓީއެމް ޤާއިމުކުރުމަކީ ބީއެމްއެލްގެ އަމާޒެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް