އޮމިކްރޯން ވޭރިއަންޓް: ސައުދީން ފުރަތަމަ ކޭސް ފެނި، ކޮންޓެކްޓްވި އެންމެން އައިސޮލޭޓް ކޮށްފި

ސައުތު ކޮރެއާ އިން ފެނި، މުޅި ދުނިޔެއަށް މިހާރު ފެތުރެމުންދާ އޮމިކްރޯން ގެ ފުރަތަމަ ކޭސް ސައުދީން ފެނި، ކޮންޓެކްޓްވި އެންމެން އައިސޮލޭޓް ކޮށްފި އެވެ. ސައުދީ އަރަބިއާގެ ހެލްތު މިނިސްޓްރީއާއި ހަވާލާދީ ނ...

01 Dec 2021 | 18:58

ސައުތު ކޮރެއާ އިން ފެނި، މުޅި ދުނިޔެއަށް މިހާރު ފެތުރެމުންދާ އޮމިކްރޯން ގެ ފުރަތަމަ ކޭސް ސައުދީން ފެނި، ކޮންޓެކްޓްވި އެންމެން އައިސޮލޭޓް ކޮށްފި އެވެ.

ސައުދީ އަރަބިއާގެ ހެލްތު މިނިސްޓްރީއާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ އޮމިކްރޮން ވޭރިއެންޓަށް ޕޮޒިޓިވް ވި މީހާއާއި އޭނާއާއި ކޮންޓެކްޓް ވެފައިވާ މީހުން ވެސް އައިސޮލޭޓް ކޮށްފައިވާ ކަމަށެވެ.

"އެޕިޑިމިއޮލޮޖިކަލް ތަހުލީލުތައް މިހާރުވަނީ ކޮށްފަ. ހުރިހާ ރައްޔިތުންވެސް ކޯވިޑް ވެކްސިން ފުރިހަމަ ކޮށް، ކޯވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ހުރިހާ ފިޔަވަޅުތަކަށް ބޯލަނބާ، ގައުމުން ބޭރުން އަންނަ ހުރިހާ ފަރާތްތަކުންވެސް ކަރަންޓީން ވުމަށް ހަމަޖައްސާފައިވާ އުސޫލުތަކަށް ތަބާވުން ވަަރަށް މުހިންމު" ސައުދީގެ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.

އެގައުމުން މިހާރުވަނީ މަލާވީ، ޒެމްބިއާ، މަޑަގަސްކަރަ، އެންގޯލާ، ސީޝެލް، އަދި ކޮމޮރޯސްއިން އަންނަން އޮތް ހުރިހާ ފްލައިޓްތަކެއް ސަސްޕެންޑް ކޮށްފަ އެވެ. އަދި އެ ގައުމުތަކުގެ ރައްޔިތުން ވެސް ސައުދީއަށް ވަނުން ވަނީ މަނާ ކޮށްފައެވެ.

އެހެންނަމަވެސް އެގައުމުން އެކަށައަޅާފައިވާ އުސޫލުތަކާ އެއްގޮތް އުސޫލުތައް ގާއިމް ކޮށްފައިވާ ގައުމެއްގައި 14 ދުވަހަށްވުރެ ގިނަ ދުވަސް ކޮށްފައި އަންނަ މީހުން މީގެ ތެރޭގައި ނުހިމެނޭ ކަމަށް ސައުދީ ސަރުކާރުން ބުނެފައި ވެއެވެ.

ސައުދީ އަރަބިއާގައި ކޯވިޑް ވެކްސިންގެ 47 މިލިއަން ޑޯޒް މިހައިތަނަށް ދީފައިވާ އިރު، އެގައުމުގެ އާބާދީގެ 22.3 މިލިއަން މީހުންނަށް މިހާރުވަނީ ވެކްސިން ދީ ނިންމާފައި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް