އަތޮޅުތަކުން 70 މީހުންނާއެކު ރާއްޖެއިން 100 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެޗްޕީއޭއިން މިރޭ ޢާންމުކުރި ތަފާސް ހިސާބަށް ބަލާ އިރު، އަތޮޅުތަކުން 70 މީހުންނާއެކު ދެން ޕޮޒިޓިވް ވެފައިވަނީ މާލެއިން 26 މީހުންނާއި ރިސޯޓްތަކުން 4 މީހުން ނެވެ.
މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ އަދަދު މިވަނީ 91،650 އަރާފަ އެވެ.
ކޯވިޑް ޖެހިގެން 1،673 މީހަކު ފަރުވާ ހޯދަމުން އަންނައިރު، 14 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެން ނެވެ.
ވޭތުވެދިޔަ 24 ގަޑިއިރު 39 މީހުން މިބަލިން ރަނގަޅުވެ، ރާއްޖެއިން މިބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 89813 އަށް އަރާފަ އެވެ.
ފާއިތުވި 24 ގަޑިއިރު ތެރޭގައި 3،696 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފަ އެވެ.
މިބަލީގައި މިހާތަނަށް 251 މީހަކު ވަނީ ނިޔާވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް