ވަރލްޑް ހެލްތު އެސެމްބްލީގެ 2 ވަނަ ސްޕެޝަލް ސެޝަން ނިމިއްޖެ

ވަރލްޑް ހެލްތު އެސެމްބްލީގެ 2 ވަނަ ސްޕެޝަލް ސެޝަން މިއަދު ނިމިއްޖެ އެވެ. މިއީ ކޮވިޑަށް ހާއްސަކުރެވިގެން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ މެމްބަރު ޤައުމުތަކުގެ އިސްވެރިންނާއި ޞިއްޙީ މާހިރުންނާއި އެހީދޭ ޖ...

01 Dec 2021 | 17:03

ވަރލްޑް ހެލްތު އެސެމްބްލީގެ 2 ވަނަ ސްޕެޝަލް ސެޝަން މިއަދު ނިމިއްޖެ އެވެ.

މިއީ ކޮވިޑަށް ހާއްސަކުރެވިގެން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ މެމްބަރު ޤައުމުތަކުގެ އިސްވެރިންނާއި ޞިއްޙީ މާހިރުންނާއި އެހީދޭ ޖަމިއްޔާތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި ސެޝަނެކެވެ.

ސިއްޙީގޮތުން ދިމާވާ ކުއްލި ނުރައްކަލުގެ ޙާލަތްތަކަށް ޤައުމުތައް ތައްޔާރުވުމަށާއި މިފަދަ ޙާލަތްތަކުގައި ޢަމަލުކުރާނެ ގޮތްތަކުގެ މައްޗަށް މި ސެޝަންގައި ވަނީ މަޝްވަރާކޮށްފަ އެެވެ.

މި ބައްދަލުވުމުގައި ބައިވެރިންވަނީ އެފަދަ ޙާލަތްތަކަށް ތައްޔާރުވެ، ކަނޑައެޅުމަށްޓަކައި، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ މުއާހަދާއެއް، އެގްރީމަންޓެއް ނުވަތަ ބައިނަލްއަޤުވާމީ އެއްބަސްވުމެއް ޤާއިމު ކުރުމަށް ކުރިއަށްދާނެ ގޮތްތަކެއް ނިންމާފަ އެވެ.

މި ނިންމުންތަކަށް ޢަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅުމަށް 2012 ވަނަ އަހަރު ބާއްވާ އެގްޒެކެޓިވް ބޯޑް އަދި ވަރލްޑް ހެލްތް އެސެމްބްލީއަށް ހުށަހަޅާނެ އެވެ.

މިއަހަރުގެ ބައްދަލުވުމުގައި ރާއްޖޭގެ ޑެލިގޭޝަން ލީޑް ކުރައްވައި، މިނިސްޓަރ އަޙުމަދު ނަސީމް ތަޤުރީރުކުރައްވަމުން ވިދާޅުވީ، މުޅި ދުނިޔެއަށް ދިމާވެފައިވާ މިހާލަތުން އަރައިގަތުމަށް ރާއްޖެއަށް ވެސް ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހުނު ކަމަށެވެ. އަދި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުންނާއި ދިވެހިރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަ ކުރެއްވި އެވެ.

ހަމައެހެންމެ، އެންމެ ފުރަތަމަ ބޯޑަރ ހުޅުވާލި ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުނުކަމާއި ވެކްސިންޖެހި މީހުންގެ ނިސްބަތް އިތުރުވެ، ބަލި ޖެހޭ ނިސްބަތް ވެސް ދަށްވެގެން ދިޔަކަމަށް މިނިސްޓަރގެ ތަޤުރީރުގައި ވިދާޅުވި އެވެ.

މީގެ އިތުރުން، އިންޓަރނޭޝަނަލް ހެލްތު ރެގިއުލޭޝަން (2005) ގައި ބަޔާންކޮށްފައިވާ ގޮތަށް، ބަލިޖެހޭ ނިސްބަތް މަދުކުރުމަށްޓަކައި ބަލިޖެހުމުގެ ކުރިން ކުރަންޖެހޭ މަސައްކަތް ހަރުދަނާކުރުމުގެ މުހިންމުކަން ކޯވިޑްގެ މިހާލަތުގައި އެނގިގެން ގޮސްފިކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް