ރާއްޖެ އެތެރެކޮށް ބޭނުންކުރަމުން އަންނަ އައިވީގެ ވައްތަރެއް ކަމުގައިވާ "އާރުއެލް" ޢައިވީ ބޭނުން ކުރުން މަނާކޮށްފިއެވެ.
މިކަން ހާމަކޮށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީ) އިން ވިދާޅުވީ، މި އައިވީގައި ކޮލިޓީ މައްސަލަތަކެއް ދިމާވެފައިވާ ކަމުގައެވެ. އެގޮތުން މި އައިވީ ޕްރޮޑަކްޓް ރާއްޖެ އެތެރެ ކުރުމާއި ރާއްޖޭގައި ވިއްކުމަކީ މަނާ ކަމެއް ކަމުގައި ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން މައްސަލަ ދިމާވެފައިވާ އައިވީގެ ވައްތަރަކީ އެމްއެފްޑީ އިން ހުއްދަ ދީފައިވާ ވައްތަރެއް ނޫންކަމުގައި ހާމަކޮށްފައި ވެއެވެ.
އެހެންކަމުން މި ޕްރޮޑަކްޓް އެއްވެސް ފާމަސީއެއް ނުވަތަ ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ތަނެެއްގައި ހުރި ނަމަ އެކަން ރިޕޯޓު ކުރުމަށް އެމްއެފްޑީއޭ އިން އެދިލައްވާފައި ވެއެވެ.
ފުޑް އެންޑް ޑްރަގް އޮތޯރިޓީއަކީ ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރާ އިދާރާއެވެ. މީގެ އިތުރުން ރާއްޖެއަށް އެތެރެކުރާ އުފެއްދުންތަކަކީ އެތެރެ ކުރުން ހުއްދަ ތަކެތިތޯ އެއަރޕޯޓާއި ސީޕޯޓްގައި ޗެކްކުރާ އޮތޯރިޓީއެވެ. ރާއްޖޭގައި ބޭނުންކުރުން ހުއްދަ ބޭސްތަކާއި ހުއްދަ ނޫން ބޭސްތައް ވެސް ކަނޑައަޅާނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް