ޑޮލަރުގެ ވަގު ވިޔަފާރި ކުރާ ދެ ބިދޭސީ އަކު ހޯދަނީ

ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރާ ދެ ބިދޭސީ އަކު ހޯދަން ފުލުހުން މިއަދު އިއުލާނު ކޮށްފިއެވެ. ފުލުހުން ވިދާޅުވީ މި ދެމީހުން ހޯދަނީ،  ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެ، ދިވެހިރާއްޖޭގައި ބޭރު ފައިސާ...

01 Dec 2021 | 12:13

ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރާ ދެ ބިދޭސީ އަކު ހޯދަން ފުލުހުން މިއަދު އިއުލާނު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި ދެމީހުން ހޯދަނީ،  ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެ، ދިވެހިރާއްޖޭގައި ބޭރު ފައިސާ ގަނެ ވިއްކުމަށް ކަނޑައަޅާފައިވާ ގަވާއިދާ ހިލާފަށް ބޭރުފައިސާ ގަނެ ވިއްކައި، ސައްހަނޫން ލިޔެކިޔުން ބޭނުންކޮށްގެން ގިނަ އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރަށް ފޮނުވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކަމުގައެވެ.

އެގޮތުން މި މައްސަލައިގައި ހޯދަން އިއުލާނު ކޮށްފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ ދެ މީހުނެވެ. ފުލުހުން ހޯދަން އިއުލާނު ކޮށްފައިވާ ދެމީހުންނަކީ،

ބަންގްލަދޭޝް އަށް ނިސްބަތްވާ މުހައްމަދު އިޤްބާލް ހޮސައިން (ފާސްޕޯޓު ނަންބަރު: EE0669802)                        އާއި ޝޮހެލް (ޕާސްޕޯޓު ނަންބަރު: BC0463544) އެވެ.

އެހެންކަމުން އެ ދެމީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދިލައްވާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް