މިވަގުތު މޮނިޓަރިންގ ގައި އޮތީ 15 ރަށެއް

މިވަގުތު މޮނިޓަރިންގ ގައި އޮތީ 15 ރަށެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. އެ އިދާރާގެ ތަފާސް ހިސާބަށް ބަލާ އިރު، އެންމެ ގިނަ ދުވަސްވަންދެން މޮނިޓަރިންގައި އޮތީ އައްޑޫ ސ...

01 Dec 2021 | 07:30

މިވަގުތު މޮނިޓަރިންގ ގައި އޮތީ 15 ރަށެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެ އިދާރާގެ ތަފާސް ހިސާބަށް ބަލާ އިރު، އެންމެ ގިނަ ދުވަސްވަންދެން މޮނިޓަރިންގައި އޮތީ އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ އެވެ.

މި އަހަރުގެ އޮގަސްޓު މަހުގެ 28 ވަނަ ދުވަހު މިރަށްތައް މޮނިޓަރިންނަށް ލާފައިވާ އިރު، މިރަށްތައް މޮނިޓަރިންގެ ހާލަތުގައި އޮންނަތާ މިވަނީ 3 މަހަށްވުރެ ގިނަ ދުވަސްވެފަ އެވެ.

ރާއްޖޭން މިހާރު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ބޮޑު އިންސައްތައެއް އަތޮޅުތެރެއިން ހިއްސާކުރަމުން އަންނަ އިރު، ބ. ދަރަވަންދޫއާއި، އދ، މަހިބަދޫ ވެސް އިއްޔެވަނީ މޮނިޓަރިންގ އަށްލާފަ އެވެ.

މިއާއެކު މޮނިޓަރިންގ ގައި މިހާރު އޮތް ރަށްތަކަކީ . ސ. ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ހުޅުމީދޫ، މ. މުލައް، ދިއްގަރު، މުލި، ނ. މިލަދޫ، ވެލިދޫ، ރ. މަޑުއްވަރީ، ރ. އިންނަމާދޫ، ށ. ކޮމަންޑޫ، ބ. ދަރަވަންދޫ އަދި އދ. މަހިބަދޫ އެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 91،650 އަށް އަރާފައިވާ އިރު، މީގެތެރެއިން 89،774 މީހަކު  ބަލިން ފަސޭހަވެފަ އެވެ. އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 1،613 އަށް އަރާފަ އެވެ.

ރާއްޖޭން މިހާތަނަށް 250 މީހަކު މި ބަލީގައި ނިޔާވެފަ އެވެ.

ހަލުވިކަމާއެކު ކޮވިޑު ބަލި ފެތުރެމުންދާ އިރު، ސައުތް އެފްރިކާ އިން ވެސް މިވަނީ މިބަލީގެ އައު ވޭރިއަންޓެއް ފެނިފަ އެވެ.

އޭގެ ސަބަބުން ގިނަ ގައުމުތަކަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް އަންނަނީ އަޅަމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް