މައިލޯ ނެޝަނަލް ނެޓްބޯލް ޓޯނަމެންޓު: އަންހެން ޑިވިޝަންގެ ގްރޫޕް ސްޓޭޖުގެ ފަހު ދެ މެޗު މިރޭ

މައިލޯ ނެޝަނަލް ނެޓްބޯލް ޓޯނަމެންޓުގެ އަންހެން ޑިވިޝަންގެ ގްރޫޕް ސްޓޭޖުގައި ކުޅޭ ފަހު ދެ މެޗު މިރޭ ކުޅޭނެ އެވެ. މިރޭގެގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޔޫތް ޔުނައިޓެޑާއި ލޮރެންޒޯ އެވެ. މި މެޗު ފަށާނ...

01 Dec 2021 | 07:11

މައިލޯ ނެޝަނަލް ނެޓްބޯލް ޓޯނަމެންޓުގެ އަންހެން ޑިވިޝަންގެ ގްރޫޕް ސްޓޭޖުގައި ކުޅޭ ފަހު ދެ މެޗު މިރޭ ކުޅޭނެ އެވެ.

މިރޭގެގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޔޫތް ޔުނައިޓެޑާއި ލޮރެންޒޯ އެވެ. މި މެޗު ފަށާނީ 19:45 ގަ އެވެ. މިރޭ 21:30 ގައި ފަށާ ދެވަނަ މެޗުގައި ވާދަކުރާނީ ޒެނިތް ސްޕޯޓްސް އާއި ޝައިނިންގ ސްޓާރ އެވެ.

ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ފޯރިއާއެކު ކުރިއަށްދާ މި މުބާރާތުގައި ރޭ ވެސް ވަނީ ދެ މެޗު ކުޅެފަ އެވެ.

އަންހެން ޑިވިޝަންގެ މެޗުގައި މެޓްރިކްސް އާއި ޔުނައިޓެޑް ޔުނިޓީ ބައްދަލުކުރި މެޗު 43 ޕޮއިންޓު 19 ޕޮއިންޓުން ކާމިޔާބުކުރީ މެޓްރިކްސް އެވެ. މި މެޗުގެ ކްއީން އޮފް ދަ މެޗުގެ މަގާމު ހޯދީ މެޓްރިކްސްގެ ދޫމާ އާދަމް އެވެ.

ރޭ ދެން ކުޅުނީ ފިރިހެން ޑިވިޝަންގެ މެޗެކެވެ. މި މެޗުގައި ބައްދަލުކުރީ ސްކައިލާރކް އާއި މެޓްރިކްސް އެވެ. 55 ޕޮއިންޓު 7 ޕޮއިންޓުން މެޓްރިކްސް ކާމިޔާބުކުރި މި މެޗުގެ މޭން އޮފް ދަ މެޗުގެ މަގާމު ހޯދީ މެޓްރިކްސްގެ އިބްރާހިމް އިޔާޒު އެވެ.

މިއަހަރުގެ މުބާރާތުގެ އަންހެން ޑިވިޝަންގައި 9 ޓީމު ވަނީ ބައިވެރިވެފަ އެވެ.

މި ނުވަ ޓީމު ދެ ގްރޫޕަކަށް ބަހާލާފައިވާ އިރު، ގްރޫޕް އޭގައި ހިމެނެނީ ގްރީން ސްޓްރީޓްސް، ޒެނިތް ސްޕޯޓްސް، ކްލަބް މެޓްރިކްސް، ޝައިނިންގ ސްޓާރ އަދި ޔުނައިޓެޑް ޔުނިޓީ އެވެ. ގްރޫޕް ބީގައި ހިމެނެނީ ކުޅުދުއްފުށި ޔީތް އެންޑް ރެކްރިއޭޝަން (ކޭވައިއާރްސީ)، ޔޫތް ޔުނަިއޓެޑް، ލޮރެންޒޯ އަދި މަހިބަދޫ ސްޕޯޓްސް ކްލަބެވެ.

މި މުބާރާތުގެ ފިރިހެން ބައިގާ ބައިވެރިވެފައިވަނީ ސްކައިލާރކް، ކޭވައިއާރްސީ އަދި މެޓްރިކްސް އެވެ.

ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ބާއްވާ މި މުބާރާތުގެ މެޗުތައް ބެލުމަށް ހިލޭ ވަނުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

އެޗްޕީއޭގެ ގައިޑުލައިންތަކަށް އިޙްތިރާމު ކުރުމަށް އެދި، ނެޓްބޯލް އެސީސިއޭޝަނުން ބުނީ މެޗު ބެލުމަށް ވަދެވޭނީ ކޮވިޑު ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ފަރާތަކަށް ކަމަށެވެ. އަދި މާސްކު އަޅައިގެން އިޖުތިމާޢީ ގައިދުރުކަމާއެކު ކުޅިބަލަން ތިބުމަށް އެ އެސޯސިއޭޝަނުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް