އެމްއެންޑީއެފް ގެ ސެކިއުރިޓީ ރައީސް ޔާމީނަށް ދޭން ފަށައިފި

އެމްއެންޑީއެފް ގެ ސެކިއުރިޓީ ރައީސް ޔާމީނަށް ދޭން ފަށައިފި އެވެ. ޕީޕީއެމް އިން ބުނީ ރެއިން ފެށިގެން ސެކިއުރިޓީ ދޭން ފަށާފައިވާ ކަމަށެވެ. މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން އިއްވާފައިވާ ...

01 Dec 2021 | 06:46

އެމްއެންޑީއެފް ގެ ސެކިއުރިޓީ ރައީސް ޔާމީނަށް ދޭން ފަށައިފި އެވެ.

ޕީޕީއެމް އިން ބުނީ ރެއިން ފެށިގެން ސެކިއުރިޓީ ދޭން ފަށާފައިވާ ކަމަށެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން އިއްޔެ ބާތިލުކުރުމާ އެކު މިނިވަންވެވަޑައިގެން، ކޯޓުން ނުކުމެވަޑައިގެން ޔާމީން ގެއަށް އިއްޔެވަޑައިގެންނެވި އިރު، އެމްއެންޑީއެފް އިން ސެކިއުރިޓީ ފޯރުކޮށްދީފައި ނުވެ އެވެ.

މިކަމުގެ ސަބަބުން ގިނަ ބަޔަކު އެވާހަކަ ދެއްކި އިރު، އިދިކޮޅު ކޯލިޝަނުން ވެސް ވަނީ އެކަން ފާހަގަކޮށްފަ އެވެ.

ރައީސް ޔާމީން އިއްޔެ މިނިވަންވުމާ އެކު ގާނޫނުން ލިބެން ޖެހޭ އިނާޔަތްތަކާއި ރައްކާތެރިކަން އެ މަނިކުފާނަށް ވެސް ލިބެން ޖެހޭ އިރު، އެމަނިކުފާނަށް އިއްޔެ ސެކިއުރިޓީ ނުދިނީ ކީއްވެކަމެއް އެމްއެންޑީއެފް ހާމަކޮށްފައެއް ނުވެ އެވެ.

ރައީސްކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް ޔާމީންގެ ސަރުކާރުގައި  ޕީޕީއެމްގެ ބާރު އޮތް މަޖިލީހުން ގެނައި އިސްލާހާ އެކު، ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވާ ވަގުތުން ފެށިގެން އޭނާއަށާއި އޭނާގެ އާއިލާއަށް ގާނޫނުން ލިބިދޭ ރައްކާތެރިކަމާއި އިނާޔަތްތަކެއް ނުލިބޭނެ އެވެ.

ޔާމީން ސަރުކާރުގައި ގާނޫނު އެގޮތަށް ބަދަލުކުރީ، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން މިހާރު ކުރައްވާ މުހައްމަދު ނަޝީދަށް އޭރު އިއްވި ޖަލު ހުކުމާ ދިމާކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް