60 އަހަރުން މަތީގެ މީހުންނާއި ހައި-ރިސްކު މީހުން ބައިނަލްއަގުވާމީ ދަތުރު ކުރުން މިވަގުތު ރަނގަޅެއް ނޫން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ލަފާ ދީފި އެވެ.
އެ ޖަމިއްޔާއިން މިގޮތަށް ލަފާދީފައިމިވަނީ ސައުތު އެފްރިކާ އިން މިފަހުން ފެނުނު ކޮވިޑުގެ އައު ވޭރިއަންޓު އޮމިކްރޯންގެ ސަބަބުން ނެވެ.
ޑަބްލިއުއެޗްއޯ އިން ބުނީ އުމުރުން 60 އަހަރުން މަތީގެ މީހުންނާއި ކޮވިޑް 19ގެ ހައި ރިސްކް ކެޓަގަރީގައި ހިމެނޭ ފަރާތްތަކުން ބައިނަލްއަގްވާމީ ދަތުރުތައްކުރުން މިވަގުތަށް މަޑުޖައްސާލުމަކީ އެންމެ އެދެވޭ ގޮތް ކަމަށެވެ.
މީގެ އިތުރުން ދަތުރު ފަތުރު މަނާ ކުރުމަކީ އޮމިކްރޯން ފެތުރުން ހުއްޓުވޭނެ ކަމެއް ނޫން ކަމަށާއި މިއީ އެއަށްވުރެ މާ ނުރައްކާ ކަމަށް ބެލެވޭ ވޭރިއަންޓެއް ކަމަށް ވެސް ޑަބްލިއުއެޗްއޯ އިން ބުނެ އެވެ.
"އެއްވެސް ބެލުމެއް ނެތި ދަތުފަތުރު ހުއްޓުވުމުގެ ބަދަލުގައި މުހިއްމީ ލިބޭ ހެއްކާއި ގަރީނާއަށް ބެލުމަށްފަހު ފިޔަވަޅު އެޅުން." ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ބުނެފައި ވެއެވެ.
އޮމިކްރޯން ވޭރިއަންޓު ދެކުނު އެފްރިކާއިން އަލަށް ފެނުނުތާ ހަފްތާއެއް ނުވަނީސް އޮސްޓްރޭލިއާ، އޭޝިއާ އަދި ޔޫރަޕުގެ ގިނަ ގައުމުތަކަށް ވަނީ ފެތުރިފަ އެވެ.
މީގެ ކުރިން ފެނިފައިވާ ވޭރިއަންޓްތަކަށް ވުރެ، މިވޭރިއަންޓުގެ ނުރައްކާ ބޮޑު ކަމަށް ސިއްހީ މާހިރުންނާއި ޑަބްލިއުއެޗްއޯ އިން ނިންމާފައިވާތީ އޮމިކްރޯން ފެތުރެން ފެށުމާއެކު ގިނަ ގައުމުތަކަކުން ވަނީ އެތެރޭގެ ދަތުރުފަތުރު ހިފަހައްޓައި ބޯޑަރުތައް ބަންދުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް