ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ އިތުރު މަހަކަށް ދަންމާލައިފި

2019 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީން ފެތުރެންފެށި ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ދަމަހައްޓާފައިވާ އާންމު ސިއްހަތުގެ ނުރައްކަލުގެ ހާލަތު އަނެއްކާ ވެސް އިތުރު އެއްމަހަށް ދަމަހައްޓައިފި އ...

01 Dec 2021 | 05:44

2019 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީން ފެތުރެންފެށި ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ދަމަހައްޓާފައިވާ އާންމު ސިއްހަތުގެ ނުރައްކަލުގެ ހާލަތު އަނެއްކާ ވެސް އިތުރު އެއްމަހަށް ދަމަހައްޓައިފި އެވެ.

ހެލްތް މިނިސްޓަރ އަޙްމަދު ނަސީމް ސޮއި ކުރައްވާ ނެރުއްވި ޤަރާރުގައިވަނީ އެގޮތަށް ނިންމެވީ، ރާއްޖޭގައި އަދިވެސް ހަލުވި ކަމާއި އެކު ކޮވިޑް ފެތުރެމުގެ ނުރައްްކާ އޮތުމުން ކަމުގަ އެވެ. އަދި އެ ނުރައްކާ ކުޑަ ކުރުމަށްޓަކައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލަފާ ދެއްވުމުން ކަމުގަ އެވެ.

އެގޮތުން މިދިޔަ އަހަރުގެ މާރޗް މަހުގެ ބާރަ ވަނަ ދުވަހު އިއުލާނުކޮށްފައިވާ ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މި މަހުގެ 30 ވަނަ ދުވަހާއި ހަމައަށް މިހާރުވަނީ ދަމަހައްޓާފަ އެވެ.

ސިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އަނެއްކާވެސް އިތުރަށް ދަމަހައްޓާފައިވާ އިރު، ކޮވިޑްގެ އައު ވޭރިއެންޓެއް ކަަމަށްވާ އޮމިކްރޮން އަންނަނީ ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުން ނެވެ.

އެފްރިކާގެ ގައުމުތަކުން ފެނުނު މި ވޭރިއަންޓު ޔޫރަޕުގެ ގައުމުތަކުން ވެސް މިހާރުފެންނަމުން އަންނަ އިރު، އެ ވޭރިއަންޓުން ސަލާމަތްވުމަށް ނުވަތަ ވޭރިއަންޓުން ރައްޔިތުން ސަލާމަތް ކުރުމަށް ކުރެވޭނެ ކަންކަން އަންގައިދިނުމަށް އެޗްޕީއޭ އިން އަންނަނީ މައުލޫމާތުތައް ފަތުރަމުން ނެވެ.

މީގެ އިތުރުން ރައްކާތެރިކަމުގެ ގޮތުން ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ދެކުނު އެފްރިކާގެ 7 ޤައުމަކުން ރާއްޖެއަށް މީހުން އެތެރެވުން ވެސް ވަނީ މަނާކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް