އަނިޔާގެ ސަބަބުން ނޭމާ ދެމަހަށް ކުޅުމާއި ދުރަށް

ވާތު ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން ޕީއެސްޖީގެ ތަރި ނޭމާ އަށް ދެމަސް ދުވަހުގެ މުއްދަތައް ކުޅުމާ ދުރަށްދާން ޖެހިފައިވާ ކަމަށް އެ ކުލަބުން ހާމަކޮށްފިއެވެ. ނޭމާއަށް އަނިޔާވީ ފްރެންޗް ލީގުގަ...

01 Dec 2021 | 05:41

ވާތު ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން ޕީއެސްޖީގެ ތަރި ނޭމާ އަށް ދެމަސް ދުވަހުގެ މުއްދަތައް ކުޅުމާ ދުރަށްދާން ޖެހިފައިވާ ކަމަށް އެ ކުލަބުން ހާމަކޮށްފިއެވެ.

ނޭމާއަށް އަނިޔާވީ ފްރެންޗް ލީގުގައި ސެއިން-އެޓިއެން އާއި ދެކޮޅަށް ކުޅެ 1-3 ގެ ނަތީޖާއިން މޮޅުވި މެޗުގައެވެ. އެ މެޗުގެ ތެރޭން ނޭމާއަށް އަނިޔާވީ އިދިކޮޅު ކުޅުންތެރިއަކު ކުރި ޓެކުލަކުން ސަލާމަތް ވާން އުޅުމުގެ ތެރޭގައި އެ ކުޅުންތެރިއާގެ ފަޔަށް އެރި ފައި ފުރޮޅާލުމާއި ގުޅިގެންނެވެ. ފައިގެ ކުޑަ ހުޅަށް ލިބުނު މި އަނިޔާއާއި ގުޅިގެން ނޭމާ އަށިގަނޑުގައި ދަނޑުން ބާލަން ޖެހުނުއިރު، މި އަނިޔާ އަކީ ސީރިއަސް އަނިޔާއެއް ކަމަށް ޕީއެސްޖީން ވަނީ ބުނެފައެވެ. އަދި މި އަނިޔާ އިތުރަށްް ދެނެގަތުމަށް ދެދި މެޑިކަލް ޓެސްޓުތަކަށް ފަހު ކުލަބުން ހާމަކުރި ގޮތުގައި ނޭމާއަށް އަލުން ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނީ ދެމަސް ދުވަހުގެ މުއްދަތަކަށް ފަހުގައެވެ.

ކުޑަހުޅަށް ލިބުނު މި އަނިޔާއަކާ ގުޅިގެން ނޭމާއަށް ގިނަ މެޗުތަކެއް ގެއްލޭނެ ކަމަށް ކުލަބުން ހާމަކުރެއެވެ. އެގޮތުން ފްރެންޗް ލީގުގައި ޕީއެސްޖީން ކުޅޭ ހަތް މެޗުގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގުގެ މުހިންމު މެޗުތަކެއް ނޭމާއަށް ގެއްލޭނެ ކަމަށް ވަނީ ބެލެވިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް