ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމުން ފެނިގެންދަނީ ޝަރުއީ ނިޒާމް މިނިވަންވަމުން އަންނަތަން ކަމަށް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޔާމީން ފަސް އަހަރަށް ޖަލަށް ލައި ޖޫރިމަނާ ކުރީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގަ މަނީލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅަ އެވެ. އެކަމަކު އެ މައްސަލައިގަ އިއްޔެ ސުޕްރީމް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކަނޑައަޅައި މިނިވަން ކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުން ކުރިއަށްގެންދިޔަ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ޝަރުއީ ނިޒާމު މިނިވަން ވަަމުން އަންނަކަން، މިއަދުގެ ހުކުމަށް ފަހު ގިނަ ބަޔަކު ގަބޫލުކުރަން ފަށާފައިވާ ކަމަށެވެ. ޝަރުއީ ނިޒާމު މިނިވަން ވަމުން އަންނަނީ ޖުޑިޝަލް ސާވިސް ކޮމިޝަނުން ވެސް ރަނގަޅު މަސައްކަތްތަކެއް ކުރަމުން އަންނާތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނު ވިދާޅުވީ ޔާމީން މިނިވަންކުރަން ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ވޭތުވެދިޔަ 2،000 އަހަރުގެ ތެރޭގައި ވެސް މިފަދަ ގޮތަކަށް ނިމުނު ފުރަތަމަ މައްސަލަ ކަމަށެވެ. މީގެ ކުރިން ވެރިކަން ކުރައްވާފައިވާ ބޭފުޅުންނަށް ގިނަ ފަހަރު ވެފައިވާ ގޮތަކީ ރާއްޖޭން ބޭރުގައި އުޅުއްވަން ޖެހިވަޑައިގަތުން ނުވަތަ އަވަހާރަވަންދެން ބަންދުގައި ހުންނަވަން ޖެހިވަޑައިގަތުން ކަމަށްވެސް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް