އުރީދޫ މޯލްޑިވްސް އިން ޚާއްސަ ގޮތުންކުރާ އާންމު ޖަލްސާއެއް 16 ޑިސެންބަރު 2019 ވާ ހޯމަ ދުވަހުގެ ރޭގަނޑު 8:30 ގައި ހޮޓެލް ޖެން، އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައިވާކަމަށް އުރީދޫ މޯލްޑިވްސްއިން ހާމަކޮށްފިއެވެ.
އެގޮތުން ޖަލްސާގެ އެޖެންޑާގެ ގޮތުގައި ހިމެނިފައިވަނީ:
އެޖެންޑާ އައިޓަމް 1: ކީރިތި ޤުރުއާން
އެޖެންޑާ އައިޓަމް 2: ޗެއަރމަން، މިސްޓަރ ޑޭމިއަން ޕިލިޕް ޗެޕެލް ވާހަކަފުޅު ދެއްކެވުން
އެޖެންޑާ އައިޓަމް 3: އަސާސީ ގަވާއިދާއި ހިންގާ ގަވާއިދަށް އިސްލާހުތައް ހުށަހެޅުން
އެޖެންޑާ އައިޓަމް 4: އަސާސީ ގަވާއިދާއި ހިންގާ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅޭ ގޮތުން ހިއްސާދާރުން މަޝްވަރާކުރުން
އެޖެންޑާ އައިޓަމް 5: ހުށަހަޅާފައިވާ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދަށް އިސްލާހުތަކަށް ވޯޓު ދިނުން
އެޖެންޑާ އައިޓަމް 6: މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ، މިސްޓަރ ނަޖީބް ޚާން ވާހަކަފުޅު ދެއްކެވުން
އެޖެންޑާ އައިޓަމް 7: ޙިއްޞާދާރުންގެ އެހެނިހެން މަޝްވަރާތައް
އެޖެންޑާ އައިޓަމް 8: އަސާސީ ގަވާއިދާއި ހިންގާ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސްކުރުމަށް ނަގާފައިވާ ވޯޓުގެ ނަތީޖާ އިއްވުން
އެޖެންޑާ އައިޓަމް 9: އަސާސީ ގަވާއިދާއި ހިންގާ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސްކުރުން
އެޖެންޑާ އައިޓަމް 10: ޖަލްސާ ނިންމުން
އެޖެންޑާއާ ގުޅޭ އިތުރު ތަފްޞީލާއި މަޢުލޫމާތު އުރީދޫ މޯލްޑިވްސްގެ ވެބްސައިޓު http://www.ooredoo.mv/investors އިން ލިބިވަޑައިގަންނަވާނެ ކަމަށް އުރީދޫއިން ބުނެއެވެ.
"އުރީދޫ މޯލްޑިވްސްގެ ޙިއްސާދާރެއްގެ ގޮތުގައި 11 ޑިސެންބަރު ވާ ބުދަ ދުވަހުގެ ރޭގަނޑު 20:00 ގެ ކުރިން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނެއެވެ. އަމިއްލަފުޅަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވެލައްވާ ފަރާތްތަކަށް، ކޮންމެ ހިއްސާއަކަށް ވޯޓެއް ލިބިވަޑައިގަންނަވާނެއެވެ." އުރީދޫއިން ބުނެފައިވެއެވެ.
އުރީދޫއިން ބުނެފައިވަނީ ޚާއްސަ ގޮތުން ކުރާ މި އާންމު ޖަލްސާގައި ބައިވެރިވުމަށް ޝަރުތުހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް "ޕްރީ-ރެޖިސްޓްރޭޝަން ފޯމު" އަދި ޕްރޮކްސީއެއް އައްޔަން ކުރައްވާނަމަ "ޕްރޮކްސީ ފޯމު" ފުރުއްވުމަށްފަހު ހުށަހެޅުއްވުން އެދޭކަމަށާއި އަދި، ހުށަހަޅުއްވާފައިވާ ޕްރޮކްސީ ކެންސަލް ކުރައްވަން ބޭނުންފުޅުނަމަ "ޕްރޮކްސީ ރީވޮކޭޝަން ފޯމު" ފުރުއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. މި ދެންނެވުނު ފޯމުތައް ފުރުއްވުމަށްފަހު ހުށަހަޅުއްވާނީ 12 ޑިސެންބަރު 2019 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:30 ގެ ކުރިން އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީސް، ހ.ސަންލީޓުގެ 5 ވަނަ ފަންގިފިލާ އަށް ކަމަށެވެ. އަދި، އީމެއިލް ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން investor.relations@ooredoo.mv އަށް އީލެމެއިލް ފޮނުއްވުން އެދޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް