ޝަހީދުންގެ މަގްބަރާގެ އާބާތުރަ ފިލުވައިފި

ނޮވެންބަރު ތިނެއް،1988 ގައި ރާއްޖެއަށް ދިން ޓެރަރިސްޓް ހަމަލާގައި ޝަހީދުވި ބަތަލުން ފަސްދާނުލާފައިވާ މަޤުބަރާ މާލެ ސިޓީ ކައުންސިލުން އާބާތުރަ ފިލުވާ އެ ސަރަހައްދު ރީތި ކޮށްފިއެވެ. މި މަގުބަރާ ހުންނަނީ...

01 Nov 2021 | 18:38

ނޮވެންބަރު ތިނެއް،1988 ގައި ރާއްޖެއަށް ދިން ޓެރަރިސްޓް ހަމަލާގައި ޝަހީދުވި ބަތަލުން ފަސްދާނުލާފައިވާ މަޤުބަރާ މާލެ ސިޓީ ކައުންސިލުން އާބާތުރަ ފިލުވާ އެ ސަރަހައްދު ރީތި ކޮށްފިއެވެ.

މި މަގުބަރާ ހުންނަނީ ހެންވޭރު ސަހަރާގައި އެވެ.

ސިޓީ ކައުންސިލުން މިއަދު ބުނީ ނޮވެންބަރު ތިނެއްގެ ޝަހީދުން ފަސްދާނުލާފައިވާ ތަން ހަޑިވެ ވީރާނަވެފައިވާތީވެ އެކައުންސިލުން މިއަދު އާބާތުރަފިލުވާ ރީތި ކޮށްފައިވާ ކަމަށެވެ.

އެގޮތުން ކުލަފޮޅިފައިވާ ފާރުގައި ކުލަ އާކޮށް، ކަޅުވެފައިވާ އެ ސަރަހައްދަށް ދޮންވެލިލާ ރީތި ކޮށްފައި ވެއެވެ.

ނޮވެމްބަރު ތިނެއްގައި ޝަހީދުވި ބަތަލުން ފަސްދާނުލާފައިވަނީ ހެންވޭރު ސަހަރާގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް