ޖާބިރު ދިރިއުޅުއްވާ ގެކޮޅު ވިއްކުމުގެ ކަންކަން ހުއްޓާލަން ވަގުތީ އަމުރެއް ނެރެފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ދިރިއުޅުއްވާ ގެކޮޅު ކަމުގައިވާ ހ. އަތަމާ ޕްލާޒާ ވިއްކުމުގެ ކަންކަން ހުއްޓާލަން އޮކްޓޯބަރުމަހުގެ 28 ވަނަ ދުވަހު ސި...

01 Nov 2021 | 18:27

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ދިރިއުޅުއްވާ ގެކޮޅު ކަމުގައިވާ ހ. އަތަމާ ޕްލާޒާ ވިއްކުމުގެ ކަންކަން ހުއްޓާލަން އޮކްޓޯބަރުމަހުގެ 28 ވަނަ ދުވަހު ސިވިލްކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.

މިގެ ވިއްކާލުމުގެ ކަންކަން ފެށިފައިވަނީ އިސްމާއިލް އަބްދުލް ލަތީފް އަތަމާ ޕްލާޒާގެ ވެރިޔާ އަދި މަލީޝާ ހައްޖު އެންޑް އުމްރާ ގުރޫޕްގެ ވެރިޔާގެ ދަރަނީގެ މައްސަލައެއް ސާބިތުވެ އެ ދަރަނި ދެއްކުމަށްޓަކައި ޖާބިރު ދިރިއުޅުއްވާ ގެ ވިއްކާލުމުގެ އަމުރަކަށް އެދުމުން ކޯޓުން އެ އަމުރު ނެރެދީފައިވާތީއެވެ.

އަތަމާ ޕްލާޒާ އަކީ އިސްމާއިލް އަބްދުލް ލަތީފްގެ އަތުން ޖާބިރު ބައްލަވައިގަނެފައިވާ ގެ ކޮޅެކެވެ. އަދި އެ ގޭގައި ޖާބިރު އާއި އޭނާގެ އާއިލާ ދިރިއުޅުއްވާތާ މިހާރު އެގާރަ އަހަރަށް ވުރެ ގިނަ ދުވަސް  ވެއްޖެއެވެ.

އެގޮތުން ޖާބިރު ވަނީ މިމައްސަލަ ޕޮލިހަށްވެސް ހުށަހަޅާފައެވެ. އިސްމާއިލް އަބްދުލް ލަތީފްގެ ލޯނެއް ނުދެއްކުމުން ޖާބިރު ބައްލަވައިގަނެ، ދިރިއުޅުއްވާ ގެކޮޅުން ނުނެރެވޭނެ ކަމަށް ވިދާޅުވެ މައްސަލަ ހުށަހަޅައިފައި ވެއެވެ.

އެހެންކަމުން މި މައްސަލަ އާއި ގުޅިގެން މިދިޔަ މަހުގެ 28 ވަނަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ، ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން އެގެ ތިން ވަނަ ފަރާތެއްގެ ހައްޤެއް އުފަން ވެދާނެފަދަ އެއްވެސް މުއާމަލާތެއް ނުކުރުމަށް އިސްމާއިލް އަބްދުލް ލަތީފަށާއި ދައުލަތުގެ ކަމާބެހޭ އިދާރާތަަކަށް އަމުރުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް