ނޭޝަނަލް ބޯޓިންގް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެން.ބީ.އޭ.އެމް) އިން އަހަރީ ޖަލްސާ ބާއްވަން ތައްޔާރު ވެއްޖެއެވެ.
ބޯޓިން އެސޯސިއޭޝަނުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އަހަރީ އާންމު ޖަލްސާގައި މެނެޖްމެންޓު ބޯޑު ހަމަޖެހިފައިވާ ކަމަށެވެ. ބޯޑުގައި ހިމެނެނީ12 މަގާމެކެވެ.
އޭގެ ތެރޭގައި ހިމެނެނީ ރައީސް، ނައިބު ރައީސް، ހަޒާންދާރު އަދި ބޯޑަށް އިންތިހާބު ކުރާ ނުވަ މެމްބަރުންނެވެ.
އެ އެސޯސިއޭޝަންގެ އިއުލާނުގައި ބުނީ މި މަގާމުތަކަށް ޝައުގުވެރިވާ މެމްބަރުން އަންނަ މަހުގެ18 ގެކުރިން ކުރިމަތިލުމަށް އެދޭ ކަމަށެވެ.
މަގާމުތަކަށް ކުރިމަތިލައްވަން ބޭނުން ފުޅުވާ ފަރާތްތަކުން ނަމާއި، ކުންފުނީގެ ނަމާއި، އައިޑީ ކާޑުގެ ފޮޓޯ ކޮޕީ އާއި އެކު ގުޅޭނެ ނަމްބަރު ހިމެނޭނެހެން ކުރިމަތިލާ ޕޯސްޓް [email protected] އަށް އީމެއިލް ކުރުމަށްއެދިފަވެއެވެ.
މި ބޯޑަކީ އެ ޖަމިއްޔާގެ 2021- 2023 ހިންގާނެ ވެރިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް