ގަލޮޅު ސްކޫލް ޖިންސީ ގޯނާ މައްސަލައިގަ 63 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި

ގަލޮޅު ސްކޫލްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގަ މީހަކު ހައްޔަރު ކޮށްފި އެވެ. މިހާދިސާގައި ޖިންސީ އަނިޔާ ލިބިފައިވަނީ އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖަކަށެވެ. އެ ކުއްޖާއަށް ޖިންސ...

01 Nov 2021 | 17:09

ގަލޮޅު ސްކޫލްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގަ މީހަކު ހައްޔަރު ކޮށްފި އެވެ.

މިހާދިސާގައި ޖިންސީ އަނިޔާ ލިބިފައިވަނީ އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖަކަށެވެ. އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ ފާހާނާއަށް ގެންގޮސް ކަމަށްވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ މާލޭ ސްކޫލެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި 63 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

އެ މައްސަލައިގަ ގަލޮޅު ސްކޫލުން ވަނީ މަސައްކަތު ހުރިހާ މުވައްޒަފުން ސަސްޕެންޑުކޮށްފަ އެވެ. ަދި މިހާރު ސްކޫލްގެ 18 ސަރަހައްދެއްގައި ސީސީޓިވީ ކެމެރާ ހަރުކޮށްފައިވާ ކަމަށް ބެލެނިވެރިންނަށް އަންގާފައިވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީންވެސް ދަނީ މި މައްސަލަ ބަލަމުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޝަނުންވެސް މައްސަލަ ތަދީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް