ކޮންމެ ސީޒަނެއްގައިވެސް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔަކަށް ފަރަންސޭސްވިލާތުގެ ކުޅިވަރު ނޫސް "ފްރާންސް ފުޓްބޯލް" އިންދޭ ބެލަންޑޯ އެވޯޑަކީ ފުޓުބޯޅައިގައި ވަކި ކުޅުންތެރިއަކަށް ދެވޭ އެންމެ ޝަރަފުވެރި އަދި އެންމެ ތާރީހީ އެވޯޑެވެ. މި ޝަރަފުވެރި އެވޯޑް މިފަހަރު ލިބޭނެ ކަމަށް އެންމެ ގިނަބަޔަކު އުންމީދުކުރާ ކުޅުންތެރިއަކީ ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާ ތަރި ލިއޮނެލް މެސީއެވެ. އެހެން ނަމަވެސް މެސީ ވަނީ ދާދި ފަހުން މި އެވޯޑާއި ގުޅޭ ގޮތުން އޭނާ ދެކޭ ގޮތް ހާމަކޮށްފައެވެ.
އެގޮތުން މިފަހަރުގެ ބެލޮންޑޯ އެވޯޑް ގެ ފެވަރިޓަކީ މެސީ ކަމަށް ގިނަ ބަޔަކު ބުނަމުން ގެންދިޔަނަމަވެސް މެސީ ބުނީ މިފަހަރުގެ އެވޯޑް ގެ ފެވަރިޓަކީ އޭނާ ކަމަށް ނުދެކޭ ކަމަށެވެ. ސްޕެނިޝް ޕަބްލިކޭޝަން ސްޕޯޓްސް އަށް ދިން އިއްޓަވިއުއެއްގައި ވާހަކަ ދައްކަމުން މެސީ ބުނީ ބެލޮންޑޯ އެވޯޑާއި ދޭތެރޭ ނުވިސްނާ ކަމަށާއި އަދި އެ އެވޯޑް ލިބޭނެ ކަމަށް ވެސް އުންމީދު ނުކުރާ ކަމަށެވެ.
" ތެދުތެދަށް ބުނަންޏާ އަހަރެން ގަބޫލެއް ނުކުރަން [ބެލޮންޑޯ އެވޯޑް ގެ ފެވަރިޓް] އަކީ އަހަރެން ކަމަކަށް. އަހަރެން ދެކެން ބޭނުންވި ދުވަހަކީ އާޖެންޓީނާގެ ގައުމީޓީމާއި އެކު ތައްޓެއް ހޯދުން. އެކަން ވެއްޖެ. އަހަރެން ދެކޭ ގޮތުގައި އެއީ އެންމެ ބޮޑު ކާމިޔާބީ އަކީ. އެ ކާމިޔާބީއަށްޓަކައި ވަރަށް ގިނަ ހަނގުރާމަތަކެއް ކުރިން. އެ ހަނގުރާމައިން ކާމިޔާބީ ލިބިއްޖެ. ބެލަންޑޯ އާ މެދަކު ނުވިސްނަން." މެސީ ބުންޏެވެ.
އިތުރަށް މެސީ ބުނީ ނެލަންޑޯ އޭނާއަށް ލިބިއްޖެ ނަމަ އޭގެ މާނައަކީ އިތުރު ކާމިޔާބީއެއް ލިބުނީ ކަމަށާއި އެކަމާއި އުފާ ވާނެ ކަމަށެވެ. ނަމަވެސް އޭނާގެ އެންމެ ބޮޑު އަމާޒަށް މިހާރުވެސް ވާސިލްވެވިފައިވާ ކަމަށް މެސީ ބުންޏެވެ. މީގެ އިތުރުން މެސީ ބުނީ އޭނާ އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ހަމައެކަނި ކަމަކީ، އިޙްތިރާމާއި މަޑުމައިތިރިކަމާ އެކީގައި، ކާމިޔާބީގެ ހުވަފެންތަކާއި ލަނޑުދަނޑިތަކަށްޓަކައި ހަނގުރާމަ ކުރުން ކަމަށާއި އެގޮތުން ވެއްޓޭ ކޮންމެ ފަހަރު އިތުރު ހިއްވަރެއް ލާ އަލުން ތެދުވެ ކާމިޔާބީ ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި އެވޯޑަށް މިފަހަރު އެންމެ ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި މެސީގެ އިތުރުން ބަޔާން ފޯވާޑް ލެވެންޑޯސްކީ، ޗެލްސީގެ ޖޯޖީނިއޯ އަދި ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނެއެވެ. ނަމަވެސް މި ކުޅުންތެރިންގެ ތެރެއިން މިފަހަރުގެ ބެލަނޑޯ އެވޯޑް ލިބޭޜނެ ކަމަށް އެންމެ ބޮޑަށް ބެލެވިފައިވާ ކުޅުންތެރިއަކީ މެސީ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
މެސީ ވެގެންގޮސްފައިވަނީ ތާރީޚުގައި ވެސް ބެލަންޑޯ އެވޯޑް އެންމެ ގިނައިއިން ކާމިޔާބު ކުރި ކުޅުންތެރިއާ އަށެވެ. އޭނާ ވަނީ މި އެވޯޑް ހަ ފަހަރު ކާމިޔާބުކޮށްފައެވެ. މެސީއާއި އެންމެ ވާދަވެރި ރޮނާލްޑޯއަށް ދެވަނަ ލިބޭއިރު، އޭނާއަށް މި އެވޯޑް ހޯދިފައިވަނީ ފަސް ފަހަރުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް