ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދިނުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކޮށްފި

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދިނުމަށް އެމްއެންޑީއެފް ކޯސްޓުގާރޑުން އިލްތިމާސް ކޮށްފި އެވެ. އެ އިދާރާ އިން މިގޮތަށް އިލްޔިމާސް ކޮށްފައިމިވަނީ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން، ކުރިއ...

01 Nov 2021 | 13:16

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދިނުމަށް އެމްއެންޑީއެފް ކޯސްޓުގާރޑުން އިލްތިމާސް ކޮށްފި އެވެ.

އެ އިދާރާ އިން މިގޮތަށް އިލްޔިމާސް ކޮށްފައިމިވަނީ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން، ކުރިއަށް އޮތް 3 ދުވަހު ވިއްސާރަވެ، ވަޔާއި ކަނޑުގަދަވާނެ ކަމަށް ލަފާކޮށްފައިވާތީ އެވެ.

މިގޮތުން ކަނޑު ދަތުރުކުރައްވާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެފަހުގެ މައުލޫމާތު ހޯދުމަށްފަހު ދަތުރުތައް ރޭވުމަށާއި، ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް ދަތުރާއިބެހޭ މަޢުލޫމާތު އެންގުމަށް ވަނީ އެެދިފަ އެވެ.

މީގެ އިތުރުން އުޅަނދުފަހަރުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި ޚާއްސަކޮށް ސަލާމަތީގޮތުން ރައްކާތެރިކަންކުޑަ، ކުދި އަނގަމަތި އުޅަނދުފަހަރުގައި ރޭގަނޑު އަދި ވިއްސާރައިރު ދަތުރު ނުކުރުމަށް ވަނީ ކޯސްޓްގާޑުން އިލްތިމާސްކޮށްފަ އެވެ.

ހަމަމިއާއެކު މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި ޤަވާއިދުތަކަށް ޢަމަލްކުރުމަށާއި ލައިސަންލުމުގައި ރަގަޅަށް އައްސާފައި ބެހެއްޓުމަށް ވެސް ވަނީ އެދިފަ އެވެ.

އެ އިދާރާ އިން ވަނީ ފަޅުތެރެޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން އޮޑިދޯނިފަހަރު ރަގަޅަށް ބެލެހެއްޓުމަށާއި ދިޔަހިއްކުމަށް ސަމާލުކަން ދިނުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް