ރިސޯޓެއްގައި ކޮންކްރީޓް ބްލޮކެއް ދަށުވެ ބިދޭސީއަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ ކ. ޕަޓީނާ މޯލްޑިވްސް ގައި ކަމަށެވެ. އަދި ކޮންކްރީޓް ބްލޮކެއް ދަށުވެ ބިދޭސީއަކު މަރުވެފައިވާ ކަމުގެ ރިޕޯޓު އިއްޔެ މެންދުރު ފަހު 15:00 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި އިތުރު ދެ ފިރިހެނަކަށް ވެސް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި އެއީ ދިވެހިނ ދެ ފިރިހެނުން ކަމަށް ބުނެފައި ވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮންކްރީޓް ބޮލްގައި ތާށިވި މީހާ ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް