ދިރާގު ހޯމް ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 1 ނޮވެމްބަރ 2021 އިން ފެށިގެން ޑޭޓާ ރޯލްއޯވަރ ތައާރަފު ކޮށްފި އެވެ.
ޑޭޓާ ރޯލްއޯވަރ ތައާރަފު ކުރުމާއެކު، އޮކްޓޫބަރު މަސް ނިމިގެންދިއައިރު، ދިރާގު ހޯމް ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންގެ ޕެކެޖުގައި ބޭނުން ނުކޮށް ހުރި ހުރިހާ އެލަވަންސެއް ވާނީ ނޮވެމްބަރު މަހުގެ އެލަވަންސްއާއި އެކު ހިމަނާފަ އެވެ.
އެހެންކަމުން ކުރިއަށް އޮތްތާންގައިވެސް އެ މަހެއްގައި ބޭނުން ނުކުރެވި ހުންނަ އިތުރު އެލަވަންސް ޖެހިގެން އަންނަ މަހުގެ އެލަވެންސްއާއިއެކު ހިމެނިގެންދާނެ އެވެ.
މި ރޯލް އޯވަރ ކުރެވޭ ޑޭޓާ ބޭނުންކުރެވޭނީ އެއް މަސްދުވަހުގެ މުއްދަތަށެވެ. މިއީ ދިރާގު ހޯމް ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު ޚަރަދަކައިނުލައި އިތުރު ޑޭޓާ ބޭނުންކޮށްލުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެކެވެ.
ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވޯވެސްމެއެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 80 އިންސައްތައަށް މި ޚިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 65 ރަށެއް ހިމެނެ އެވެ.
ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ ޑިޖިޓަލތަޖުރިބާ ވީހާވެސް ފުރިހަމަކޮށް ކަސްޓަމަރުންނަށް ގިނަ މަންފާއާއި ފައިދާ ލިބޭ ގޮތަށް ޕެކޭޖްތައް ފަރުމާކޮށް ޚިދުމަތްތައް ތައާރަފުކުރުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް