ބިލިއާރޑް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން އަޙްސަން ހާޝިމް ހޯދައިފި

ބިލިއާރޑް 9 ބޯލް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން އަޙްސަން ހާޝިމް ހޯދައިފި އެވެ. އެސޯސިއޭޝަންކަޕް ބާއްވާފައިވަނީ މިދިޔަ އޮކްޓޯބަރ މަހުގެ 28 ން 31 ގެ ނިޔަލަށެވެ. މި މުބާރާތުގައި 96 ކުޅުންތެރިން ވާދަ ...

01 Nov 2021 | 12:24

ބިލިއާރޑް 9 ބޯލް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން އަޙްސަން ހާޝިމް ހޯދައިފި އެވެ.

އެސޯސިއޭޝަންކަޕް ބާއްވާފައިވަނީ މިދިޔަ އޮކްޓޯބަރ މަހުގެ 28 ން 31 ގެ ނިޔަލަށެވެ.

މި މުބާރާތުގައި 96 ކުޅުންތެރިން ވާދަ ކޮށްފައިވާ އިރު، މުބާރާތް ކުރިއަށް ގެންދިޔައީ ބައިވެރިވި ކުޅުންތެރިން 16 ގްރޫޕް އަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން 2 ކުޅުންތެރިން ނޮކްއައުޓް ރައުންޑަށްދާ ގޮތަށެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން އަޙްސަން ހާޝިމް ހޯދީ ފައިނަލުގައި މުޙައްމަދު ޝަރީފް އާވާދަކޮށް 8 ފްރޭމް 9 ފްރޭމުން ކާމިޔާބުކޮށްގެން ނެވެ.

ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމްތައް ބައްސަވާދެއްވީ ކަސްޓަމްސް ރެކްރިއޭޝަން ކުލަބްގެ ރައީސް އަޙްމަދު ސަފްޢަތު އެވެ.

މިއަހަރުގެ ކުރިއަށް ހުރި މުބާރާތްތަކަށް ބަލާލާ އިރު، 9 ބޯލް ޗެމްޕިއަންޝިޕް މި މަހުގެ 4 ން 10 އަށް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އަދި ގައުމީ ބިލިއާރޑް މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ ޑިސެމްބަރ 1 ން 15 އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް