ގުޅިފަޅު ބިން ހިއްކާ ނިންމައިފި

ކ. ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫޢު ނިމިއްޖެ އެވެ. މި މަޝްރޫއު ކުރިޔަށް ގެންދިޔައީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާލީ މިދިޔަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހ...

01 Nov 2021 | 11:39

ކ. ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫޢު ނިމިއްޖެ އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދިޔައީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާލީ މިދިޔަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ކަމަށެވެ.

މި މަޝްރޫއުގެ ދަށުން އެމްޓީސީސީން ވަނީ ގުޅީފަޅުގެ 1.8 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކާފަ އެވެ. އަދި ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި 183 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކޮށްފައިވެއެވެ.

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއު އެކެވެ.

މިއީ 8.9 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް