ނައިބު ރައީސް އަރުބާޒް ހާނާއި ބައްދަލު ކުރުން ގޯސްވެއްޖެ!

ނައިބު ރައީސް ފައިސަލް ނަސީމް، ބޮލީވުޑްގެ ތަރި އަރުބާޒު ހާން އާއި ބައްދަލު ކުރެއްވުން ގޯސްވެއްޖެ އެވެ. ނައިބް ރައީސް، އަރުބާޒާއި ބައްދަލު ކުރެއްވީ އިއްޔެ އެވެ. މި ބައްދަލުވުމުގައި އަރްބާޒް ވަނީ ރާއްޖޭ...

01 Nov 2021 | 10:56

ނައިބު ރައީސް ފައިސަލް ނަސީމް، ބޮލީވުޑްގެ ތަރި އަރުބާޒު ހާން އާއި ބައްދަލު ކުރެއްވުން ގޯސްވެއްޖެ އެވެ.

ނައިބް ރައީސް، އަރުބާޒާއި ބައްދަލު ކުރެއްވީ އިއްޔެ އެވެ. މި ބައްދަލުވުމުގައި އަރްބާޒް ވަނީ ރާއްޖޭގައި ޕާފޯމިން އާޓްސް ކުރިއެރުވުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިޔާލުފާޅު ކުރި ބައެއް މީހުންވަނީ މުޖުތަަމައުގަ ހުރި މައްސަލަތަކައިގެން މީހަކު ބައްދަލު ކުރަން އެދެފި ނަމަ ނައިބް ރައީސަށް ބައްދަލު ކޮށްލާނެ ވަގުތު ނޯންނަ ކަމަށެވެ. އެކަމަކު ޗުއްޓީއަށް ރާއްޖެ އައިސް ހުރި އަރުބާޒް އާ ބައްދަލު ކުރަން ވަގުތުވާ ކަމަށް ބުންޏެވެ.

ނައިބު ރައީސްގެ މި ބައްދަލުވުން ބައެއް މީހުން ވަނީ އިންޑިއާގެ އަތް ދަށަށް ރާއްޖެ ދިއުމުގެ ގޮތުގައިވެސް ސިފަކޮށްފަ އެވެ. މީހަކު ބުނެފައިވަނީ ގައުމު އިންޑިއާގެ އަތް ދަށުން ސަލާމަތް ކުރަން ޖެހޭ ކަމަށެވެ.

އެހެން މީހަކު ވަނީ އެފަދަ މީހުންނާއި ނައިބު ރައީސް ބައްދަލު ކުރައްވަނީ ކުރާނެ ކަމެއް ނެތިގެން ކަމަށް ބުނެފަ އެވެ.

އަރްބާޒާއި އޭނާގެ ލޯބިވެރިޔާ ޖޯޖިޔާ އަންދްރިއާނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ އަމަޔާ ކުޑަރަށް މޯލްޑިވްސް ރިސޯޓްގައެވެ. އޭނާ ވަނީ މި ޗުއްޓީގެ ފޮޓޯތައް، ރަސްމީ އިންސްޓަގްރާމް ޕޭޖުގައި ޕޯސްޓްކުރަމުންނެވެ.

އަރްބާޒް ޚާނަކީ ފިލްމު ކުޅުމުގެ އިތުރުން ފިލްމު އުފެއްދުމުގައިވެސް ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ފަރާތެކެވެ. އެގޮތުން ސަލްމާން ޚާން އެކްޓްކޮށްފައިވާ މަޝްހޫރު ބައެއް ފިލްމުތަކަކީ އަރްބާޒްގެ އުފެއްދުންތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް