ނަރުސްގެ މަރާއި ގުޅިގެން ފިރިމީހާގެ ލޯބިވެރިޔާގެ ފޯނު ހިފަހައްޓައިފި

އައިޖީއެމްއެޗްގެ ޑަޔަލިސިސް ޔުނިޓްގައި މަސައްކަތް ކުރާ ފިލިޕީންސްގެ ނަރުހެއް ކަމުގައިވާ މޭރީ ގްރޭސް ދަންޖެހިގެން މަރުވި ކަމަށް ބުނާ މައްސަލައިގައި ތުހުމަތު ކުރެވޭ ކަންކަން ހުރުމުން މަރުގެ ތުހުމަތުގައި...

01 Nov 2021 | 10:15

އައިޖީއެމްއެޗްގެ ޑަޔަލިސިސް ޔުނިޓްގައި މަސައްކަތް ކުރާ ފިލިޕީންސްގެ ނަރުހެއް ކަމުގައިވާ މޭރީ ގްރޭސް ދަންޖެހިގެން މަރުވި ކަމަށް ބުނާ މައްސަލައިގައި ތުހުމަތު ކުރެވޭ ކަންކަން ހުރުމުން މަރުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮަށްފައިވާ އޭނާގެ ފިރިމީހާ 29 އަހަރުގެ މާވިންގެ ލޯބިވެރިޔާގެ ފޯނު ފުލުހުންގެ ތަހުގީގަށް ހިފަހައްޓައިފިއެވެ.

މާވިންވެސް އައިޖީއެމްއެޗުގައި ނަރުހެއްގެ ވަޒީފާ އަދާ ކުރާއިރު ލޯބިވެރިޔާ އަކީ ވެސް އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ދިވެހި އަންހެން ނަރުހެކެވެ.

މާވިން އެ ދިވެހި އަންހެން މީހާ އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން މީޑިއާއަށް ތިލަކުރީ އެމީހުންގެ ގާތް މީހެކެވެ. އެމީހާ ބުނެފައިވާގޮތުގައި މާވިން ދިވެހި ނަރުހާއި ބާއްވަމުން އަންނަ ގުޅުމަކީ މޭރީއަށް އެނގޭ އަދި އޭނާ އިންތިހާއަށް ހިތާމަ ކުރާ ގުޅުމެކެވެ.

ހޮސްޕިޓަލްގެ އިތުރުން އާންމުތަންތަނުގައިވެސް އެ ދެމީހުން އުޅެނީ ވަރަށް ގައިގޯޅިކޮށް ފާޅުގައި ކަމަށް ވެ އެވެ.

މޭރީގެ މަރުގެ މައްސަލައިގައި މާވިން ހައްޔަރުކޮށް މައްސަލައިގެ ތަހުގީގު އިތުރަށް ފުޅާ ކުރުމަށްޓަކައި ވަނީ ދިވެހި ނަރުސްގެ ފޯނު ހިފަހައްޓާފައެވެ. މައުލޫމާތު ލިބޭގޮތުގައި އޭނާ ހުރީ އައިޖީއެމްއެޗްގެ ވަޒީފާ އިންވެސް ސަސްޕެންޑް ކޮށްފައެެވެ.

މޭރީގެ މަރުގެ މައްސަަލައިގައި މާވިންއަށް ތުހުމަތުކުރަން ޖެހުނީ  ގޭގައި އަމިއްލައަށް ދަންޖެހިގެން މަރުވީ ކަމަށް ބުނެ މިމަހުގެ ނުވަ ވަނަ ދުވަހު މޭރީ ހޮސްޕިޓަލަށް ގެންދިއުމުން ބެލި ބެލުމުން އަމިއްލަ އަށް މަރުވެފައިވާ ކަމުގެ އެއްވެސް ނިޝާނެއް އޭނާގެ ހަށިގަނޑުން ފެނިފައި ނުވާތީއެވެ.

އަދި ފުލުހުން ދިއުމުގެ ކުރިން ދަން ޖެހުނު ކަމަށް ބުނާ ތަން ސާފު ކުރުމުންނެވެ.

މެރީގެ ފޭސްބުކްގައިވާ މައުލޫމާތުތަކުން ދައްކާ ގޮތުގައި މާވިންއާ ދެމީހުން ކައިވެނި ކޮށްފައިވަނީ 2016 ވަނަ އަހަރުގެ މެއި މަހުގައެވެ. އަދި އެ ކައިވެންޏައް ލިބިފައިވާ ދަރިއަކުވެސް އެބަ ހުއްޓެވެ

މޭރީގެ މަރާއި އެކު ފިރިމިހާ ހައްޔަރު ކުރުމުމުން މިހާރު އެ ކުއްޖާ ބަލަނީ މޭރީގެ އާއިލާއިން ކަމަށްވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް