ނޫސް މަޖައްލާތަކުގެ މައުލޫމާތު އަދާހަމަ ކުރުމުގެ ޚާއްސަ މަސައްކަތްތަކެއް ހޯމް މިނިސްޓްރީން ފަށައިފި

މިނިސްޓްރީ އޮފް ހޯމްއެފެއަރޒްގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ނޫސްމަޖައްލާތަކުގެ މައުލޫމާތު އަދާހަމަ ކުރުމުގެ ޚާއްސަ މަސައްކަތެއް ފައްޓަވާފައިވާކަން އެމިނިސްޓްރީން ހާމަ ކުރައްވައިފި އެވެ. އެ މިނިސްޓްރީ...

01 Nov 2021 | 09:49

މިނިސްޓްރީ އޮފް ހޯމްއެފެއަރޒްގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ނޫސްމަޖައްލާތަކުގެ މައުލޫމާތު އަދާހަމަ ކުރުމުގެ ޚާއްސަ މަސައްކަތެއް ފައްޓަވާފައިވާކަން އެމިނިސްޓްރީން ހާމަ ކުރައްވައިފި އެވެ.

އެ މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނިޝާނާ ހަސަން ވިދާޅުވީ 2020 އަހަރުގެ 31 ޑިސެމްބަރ ގެ ނިޔަލަށް ރަޖިސްޓްރީ ކޮށްފައިވާ ނޫސް މަޖައްލާތަކުގެ މައުލޫމާތަށް އެއްވެސް ބަދަލެއް އައިސްފައިވާނަމަ މި ހިނގާ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ 13:30 ގެ ކުރިން މައުލޫމާތަށް އައިސްފައިވާ ބަދަލު އެނގޭނެހެން ސިޓީއަކުން ހޯމް މިނިސްޓްރީއަށް  ނުވަތަ [email protected] އަށް އީމެއިލް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން ނޫސްމަޖައްލާ ރަޖިސްޓްރީ ކުރުމަށްފަހު ނޫހުގެ މަސްއޫލުވެރިޔާ، އެޑިޓަރު، އިދާރާ، ފޯނު ނަމްބަރު އަދި އީމެއިލް އެޑްރެސް ފަދަ މައުލޫމާތަކަށް އެއްވެސް ބަދަލެއް އައިސްފައިވާނަމަ އެކަން ހޯމް މިނިސްޓްރީއަށް އެންގުމަށް ވަނީ އެދިފަ އެވެ.

ނިޝާނާ ހަސަން ވިދާޅުވީ ރަޖިސްޓްރީ ކޮށްފައިވާ ނޫސްމަޖައްލާގެ ދަފްތަރުގައި ވޭތުވެދިޔަ 2020 ވަނަ އަހަރުގެ ނިޔަލަށް 228 ނޫސްމަޖައްލާ ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި އޭގޭތެރޭގައި އެއްގޮތަކަށް ވެސް އަދާހަމަކުރަމުން ނުދާ ނޫސްތައް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

https://twitter.com/HomeMinistrymv/status/1455078719035297795

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް