ބަޖެޓުގައި ހުންނަ ކަންކަން ތަންފީޒު ކުރުމަށް ވެސް ސަރުކާރުގައި އާދޭސް ކުރަންޖެހޭ ކަމަށް ބިލެއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް ހަލީމް) ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށް އަމާޒުކޮށް، މިއަދުގެ ޖަލްސާ އަށް ހުށަހެޅި ގަރާރަކަށް ބަހުސް ކުރައްވަމުން ނެވެ.
ދޮންބިލެތް ވިދާޅުވީ ބަޖެޓުގައި ހުރިހާ މަޝްރޫއެއް ނުހިމެނޭނެ ކަމަށާއި ހިމެނޭ މަޝްރޫއުތައް ވެސް ނުނިމޭ ފަހަރު އަންނާނެ ކަމަށެވެ.
"ފީއަލީގައި ހެލްތު ސެންޓަރު އަޅަން އުޅޭތާ ތިން އަހަރު ދުވަސް، ކުރެހުމަކާއިގެން ނުނިިމިގެން. މިހާރު އަދި ހުންނަނީ ހެލްތު މިނިސްޓްރީގައި އެކްޓިންގ މިނިސްޓަރެއް. އެ ވަޒީރަށް ކުރެހުން ވެސް ނިންމައެއް ނުލެވޭ ތިން އަހަރުވީ." ހަލީމް ވިދާޅުވި އެވެ.
ތަރައްގީ ބޭނުން ނަމަ ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެންނަންޖެހޭ ކަމަށާއި މަޖިލީހަށް ކިތަންމެ ބޮޑު ގަރާރެއް ހުށަހެޅިޔަސް، ވަޒީރުން ތިއްބަވައިގެން މިހާރު ރާއްޖޭގައި އޮތް ރިޔާސީ ނިޒާމުގައި ގައުމު ތަރައްގީއެއް ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވެ، އެންމެ މުހިންމު ކަމަކީ އެ ނިޒާމު ބަދަލުކޮށް، މުޅިން އެހެން ގޮތަކަށް ފެށުން. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވަޒީރުން އިންތިޚާބު ކޮށްގެން މަޖިލީހުގެ ތެރެއިން ތަރައްގީ ގެންނަން މަސައްކަތް ކުރަންޖެހޭ." ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެއަށް ގެންނަވަން އުޅުއްވާ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ދޮންބިލެތް އަހްމަދު ހަލީމު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް