މޯލްޑިވިއަން މުވައްޒަފުންގެ އާއިލާއާ ރައްޓެހިންނަށް ދިއްލީއަށް ދާން ހާއްސަ ފެއާއެއް

ގައުމީ އެއާލައިން މޯލްޑިވިއަންގެ މުވައްޒަފުންނަށް ހާއްސަކޮށް އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ދަތުރު ކުރަން ހާއްސަ ފެއާއެއް ހަމަޖައްސައިފި އެވެ. އެ އެއާލައިނުން ބުނީ މި ޕްރޮމޯޝަންގެ ދަށުން މުވައްޒަފ...

01 Nov 2021 | 08:39

ގައުމީ އެއާލައިން މޯލްޑިވިއަންގެ މުވައްޒަފުންނަށް ހާއްސަކޮށް އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ދަތުރު ކުރަން ހާއްސަ ފެއާއެއް ހަމަޖައްސައިފި އެވެ.

އެ އެއާލައިނުން ބުނީ މި ޕްރޮމޯޝަންގެ ދަށުން މުވައްޒަފުންގެ އާއިލާ އާއި ރަހުމަތްތެރިންނަށް ދިއްލީއަށް ދަތުރު ކުރުމަށް ހާއްސަ އަގެއް ކަނޑައަޅާފައިވާ ކަމަށެވެ. އެ ކުންފުނީގެ މުވައްޒަފުންގެ އާއިލާ އާއި ރައްޓެހިންނަށް 150 ޑޮލަރަށް ދިއްލީ ދެކޮޅު ޓިކެޓް ގަނެވޭނެ އެވެ.

މިފެއާ ކުރިއަށް ދަނީ މި ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

މޯލްޑިވިއަން އިން ދިއްލީއަށް ސީދާ ދަތުރުތައް ފެށީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. މި ދަތުރުތައް ކުރަނީ ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

މޯލްޑިވިއަންއިން ވަނީ މި ދަތުރުތައް ފެށުމާއި ދިމާކޮށް ފޭސްބުކާއި އިންސްޓަގްރާމްގައިވެސް ހާއްސަ ޕްރޮމޯޝަނެއް ކުރިޔަށް ގެންގޮސްފަ އެވެ. އަދި ނަސީބުވެރި ފަރާތްތަކަށް ދިއްލީ ދެކޮޅު ޓިކެޓާއި ތިން ދުވަހުގެ ހުރުން ދީފައިވެ އެވެ.

މޯލްޑިވިއަންއިން ދިއްލީއަށް ހަފްތާއަކު ތިން ދަތުރު ކުރެ އެވެ.

އެ އެއާލައިނުން ބައިނަލް އަގުވާމީ ދަތުރުތައް މިވަގުތު ކުރަނީ އިންޑިއާ އާއި ބަންގްލަދޭޝްއަށެވެ. ކުރިން ޗައިނާއަށް ކުރަމުން އައި ދަތުރުތައް މެދުކަނޑާލީ ކޯވިޑާއި ގުޅިގެން ދެ ގައުމުގެ ބޯޑަރު ބަންދު ކުރުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް