ރާއްޖޭގައި ބާއްވާ ފުޓްސަލްގެ އެންމެބޮޑު މުބާރާތް "ކްލަބް މޯލްޑިވްސް ކަޕް" އާއި "އެއިޓީން ތާރޓީ ވިމެންސް ފުޓްސަލް ފިއެސްޓާ" ގެ ގުރުއަތުލުން މިރޭ އޮންނާނެ އެވެ.
ކްލަބް މޯލްޑިވްސް އިން ބުނީ މި މުބާރާތުގެ ގުރުއަތުލުން އޮންނާނީ މިރޭ 20:45 ގައި ޓީވީއެމް ސްޓޫޑިއޯ 3 ގައި ކަމަށެވެ. އަދި މި އިވެންޓު ވަގުތުން ދައްކާނެ ކަމަށެވެ.
މި ނޮވެމްބަރ މަހުގެ 20 އިން ޑިސެމްބަރު 21 އަށް ކުރިއަށް ގެންދާ މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި 32 ޓީމަކުން ބައިވެރިވެ އެވެ. އަންހެން ފުޓްސަލް ފިއެސްޓްގައި ބައިވެރިވަނީ 8 ޓީމެކެވެ.
މި މުބާރާތް އެންމެ ފަހުން ބާއްވާފައިވަނީ 2019 ވަނަ އަހަރު އެވެ. އެ އަހަރު ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ޔުނައިޓެޑް ބީއެމްއެލް އިން ނެވެ. އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެވެ.
ކްލަބް މޯލްޑިވްސް ކަޕަކީ 2006 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުންނަށް އަމާޒު ކޮށްގެން ބާއްވަމުން އަންނަ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.
އެ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް މި މުބާރާތް ބާއްވަމުން އައިނަމަވެސް، ކޮވިޑުގެ ސަބަބުން މިދިޔަ އަހަރު މުބާރާތް ބޭއްވޭގޮތް ވަނީ ނުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް