ވެރިކަން ކުރާ ރަށަކީ މާލެ ކަމުގައި ޤާނޫނު އަސާސީގައި ނުހިމަނަން ހުށަހެޅި ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ދިޔާނާ މިހެން ވިދާޅުވެފައިވަނީ މިއަދު އެކަމަނާ ކުރެއްވި ޓްވީޓެއްގައެވެ. ދިޔާނާ ވިދާޅުވި ގޮތުގައި ޤާނޫނު ހެދިއިރު ވެރިކަން ކުރާ ރަށަކީ މާލެ ކަމުގައި ނުލިޔުމަށާއި
ވެރިކަން ކުރާ ރަށް ދުވަސް ދުވަސް ކޮޅުން ބަދަލު ކުރެވޭ ގޮތަށް ބާއްވަން އެދިފައިވާނެ ކަމަށެވެ.
ސަބަބެއްގެ ގޮތުން އެކަމަނާ ފާހަގަ ކުރައްވާފައި ވަނީ ވެރިކަން ކުރާ ރަށާއި މަތިކޮށް ރާއްޖޭގެ އެހެނިހެން ރަށްތަކުގެ ކުރިއެރުން ޤުރުބާން ކޮށް މާލެ ސަރަހައްދުގައި ފައިސާ އަޅާ ތޮއް ޖައްސާތީއެވެ.
https://twitter.com/dhiyanasaid/status/1455066016212344832
ދިޔާނާ އިތުރަށް ވިދާޅުވި ގޮތުގައި ބޮޑެތި ޕާޓީ ތަކުން އޮބި އަޅާ ޤާނޫނު އަސާސީގައި ވެރިކަން ކުރާނީ މާލޭގައި ކަމަށް ބަޔާންކޮށް އޭގެ މައްޗައް ޓެކްސް ފައިސާގެ ބޮޑުބައެއް އަޅަފައިވާ ކަމަށެވެ. އަދި އެކަންކަމުގެ ސަބަބުން ރައްޔިތުންނަށް ނިކަމެތިކަން ލިބެމުންދާ ކަމުގައި ވިދާޅުވެފައި ވެއެވެ.
މިކަންކަމަށް އޮތް ހައްލެއް ކަމުގައި އެކަމަނާ ފާހަަގަ ކުރެއްވީ ރައްޔިތުން ތަމްސީލު ކުރަން ހޮވާފައި ތިއްބެވި މެންބަރުން އެ މެންބަރުންގެ އާއިލާތަކަށް މަޤާމާއި ޕްރޮޖެކްޓްތައް ހޯދައިދިނުމުގެ މައްޗައް ނުވިކެންވީ ކަމުގައި ވިދާޅުވިއެވެ. އަދި އިޙްލާސްތެރިކަމާ އެކު ދާއިރާތަކުގެ މަސްލަހަތު ތަމްސީލު ކުރަންވީ ކަމުގައި ވިދާޅުވެފަައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް