ބީއެމްއެލްގެ ކްރެޑިޓް ކާޑު އަލަށް ހައްދާ ކަސްޓަމަރުންނަށް ޖޮއިނިންގ އަދި އެނުއަލް ފީ ނުނަގާ ޕްރޮމޯޝަނެއް

ބީއެމްއެލްގެ ކްރެޑިޓް ކާޑަށް އަލަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ. މި ޕްރޮމޯޝަނުގެ ދަށުން ކްރެޑިޓް ކާޑުގެ ޖޮއިނިންގ ފީ އާއި ފުރަތަމަ އަހަރުގެ އެނުއަލް ފީ ނުނަ...

01 Nov 2021 | 08:09

ބީއެމްއެލްގެ ކްރެޑިޓް ކާޑަށް އަލަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

މި ޕްރޮމޯޝަނުގެ ދަށުން ކްރެޑިޓް ކާޑުގެ ޖޮއިނިންގ ފީ އާއި ފުރަތަމަ އަހަރުގެ އެނުއަލް ފީ ނުނަގާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މި ޕްރޮމޯޝަންގެ ދަށުން ފުރަތަމަ 500 ކަސްޓަމަރުންގެ ތެރެއިން ކޮންމެ ކަސްޓަމަރަކަށް 2500 ރުފިޔާގެ ކޭޝްބެކް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް 5،000 ރުފިޔާގެ ގިފްޓް ކާޑެއްވެސް ލިބޭނެ އެވެ. އަދި 100،000 ރުފިޔާއާ ހަމަޔަށް ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ފައިސާ އުނިވެގެންދާނެ އެވެ.

ބީއެމްއެލް އިން ބުނީ މި ޕްރޮމޯޝަން ގެ އާންމު ޝަރުތުތައް ބޭންކުގެ ވެބްސައިޓްގައި ޝާއިއު ކުރެވިފައިވާނެ ކަމަށެވެ.

ދާދިފަހުން ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް އަމާޒުކޮށް "ބީއެމްއެލް ރިވޯޑްސް" ގެ ނަމުގައި އެކްސްކްލޫސިވް ލޯޔަލްޓީ ޕްރޮގްރާމެއް އިފްތިތާހުކޮށްފަ އެވެ.

ބީއެމްއެލް ރިވޯޑްސް މެދުވެރިކޮށް ކަސްޓަމަރުންނަށް ކްރެޑިޓް ކާޑު ބޭނުންކޮށްގެން ކުރާ ވިޔަފާރިތަކަށް ރިވޯޑް ޕޮއިންޓްސް ލިބޭނެ އެވެ.

މިގޮަތަށް ލިބޭ ޕޮއިންޓް ރިޑީމް ކޮށްގެން ގިނަ އެއަރލައިނާއި، ހޮޓެލާއި، ކާރު ކުއްޔަށް ނެގުމުގެ ފުރުސަތު އޮވެ އެވެ. އަދި އެމޭޒަން، އެޕްސްޓޯރ، އައިޓިއުންސް، ގޫގުލް ޕްލޭ، ޕްލޭސްޓޭޝަން ފަދަ މަގްބޫލް ބްރޭންޑްތަކުގެ ގިފްޓް ކާޑު ގަތުމުގެ ފުރުސަތު ވެސް ލިބިގެން ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް