ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕް މިރޭ ފަށަނީ

ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕް މިރޭ ފަށާނެ ކަމަށް ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފި އެވެ. އެ އެސޯސިއޭޝަނުން ބުނީ މި މުބާރާތުގައި 10 ޓީމު ބައިވެރިވެފައިވާ ކަމަށާއި މި ޓީމުތައް ދެ ...

01 Nov 2021 | 07:48

ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕް މިރޭ ފަށާނެ ކަމަށް ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފި އެވެ.

އެ އެސޯސިއޭޝަނުން ބުނީ މި މުބާރާތުގައި 10 ޓީމު ބައިވެރިވެފައިވާ ކަމަށާއި މި ޓީމުތައް ދެ ގްރޫޕަކަށް ބަހާލާފައިވާ ކަމަށެވެ.

އެގޮތުން ގްރޫޕް އޭ ގައި ހިމެނެނީ ޔުނައިޓެޑް ޔުނިޓީ އެސް ސ، ޒެނިތް އެސް ސީ، ކްލަބް މެޓްރިކްސް، ކޭވައިއާރްސީ އަދި ޔޫތް ޔުނައިޓެޑް އެސް ސީ އެވެ. ގްރޫޕް ބީގައި ހިމެނެނީ އެސްސީ ސްކައިލާރކް، އެސްސީ ޝައިނިންގ ސްޓާރ، ލޮރެންޒޯ އެސްސީ، ކްލަބް ގްރީން ސްޓްރީޓްސް އަދި މަހިބަދޫ އެސްސީ އެވެ.

މި މުބާރާތުގެ ފުރަތަމަ ދެ މެޗު މިރޭ ކުޅުމަށް ތާވަލުކޮށްފައިވާ އިރު، ފުރަތަމަ މެޗުގައި 19:45 ގައި ބައްދަލުކުރާނީ ޔުނައިޓެޑް ޔުނިޓީ އާއި ޒެނިތް އެވެ. މިއީ ގްރޫޕް އޭ ގެ މެޗެކެވެ.

ދެވަނަ މެޗު ފަށާނީ 21:30 ގަ އެވެ. މި މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީގައި ހިމެނޭ ސްކައިލާރކް އާއި ޝައިނިންގ ސްޓާރ އެވެ.

ނެޓްބޯލް އެސޯސިއޭޝަނުން ބުނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް ދެ މެޗު ކުޅޭނެ ކަމަށާއި އެއީ 19:45 އަދި 21:30 ގައި ކަމަށެވެ. އަދި ހުކުރު ދުވަހު ހަވީރު 16:30 ގައި ވެސް ކުޅޭނެ ކަމަށެވެ.

"އަޅުގަނޑުމެން ކޮންމެ ރެޔަކު ވެސް ދެ މެޗު ކުޅޭނަން ހުކުރު ދުވަސް ފިޔަވައި. ހުކުރު ދުވަހު ހަވީރު އޮންނާނެ މެޗެއް." އެސޯސިއޭޝަނުން ބުންޏެވެ.

މި ނޮވެމްބަރ މަހުގެ11 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާ މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް މިހާރުތާވަލުކޮށްފައިވަނީ ނޮވެމްބަރ 10 ވަނަ ދުވަހުގެ ރެއެެވެ.

ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ގްރޫޕް އޭގެ އެއްވަނަ ޓީމާއި ގްރޫޕް ބީގެ ދެވަނަ ޓީމެވެ. އަދި ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ ގްރޫޕް ބީގެ އެއްވަނަ ޓީމާއި ގްރޫޕް އޭ ގެ ދެވަނަ ޓީމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް