ސްޓެވޯ ބްރޭންޑް ޖަނަރޭޓަރުތަކުގެ އާމޮޑެލްއެއް ސްޓެލްކޯ އިން އެސެމްބަލްކޮށް ބާޒާރަށް ނެރެން ތައްޔާރުވެއްޖެ

ސްޓެވޯ ބްރޭންޑްގެ ޖަނަރޭޓަރުތަކުގެ އާމޮޑެލްއެއް ސްޓެލްކޯ އިން އެސެމްބަލްކޮށް ބާޒާރަށް ނެރެން ތައްޔާރުވެއްޖެ އެވެ. އެ ކުންފުނިން ބުނީ ސްޓެވޯ ބްރޭންޑްގެ STW500 މޮޑެލްގެ ފުރަތަމަ ޖަނަރޭޓަރުގެ ލޯޑް އަދި ފ...

01 Nov 2021 | 07:05

ސްޓެވޯ ބްރޭންޑްގެ ޖަނަރޭޓަރުތަކުގެ އާމޮޑެލްއެއް ސްޓެލްކޯ އިން އެސެމްބަލްކޮށް ބާޒާރަށް ނެރެން ތައްޔާރުވެއްޖެ އެވެ.

އެ ކުންފުނިން ބުނީ ސްޓެވޯ ބްރޭންޑްގެ STW500 މޮޑެލްގެ ފުރަތަމަ ޖަނަރޭޓަރުގެ ލޯޑް އަދި ފަންކްޝަން ޓެސްޓް ހަދާނިމިފައިވާ ކަމަށެވެ. އަދި މިހާރުވަނީ ވ. ތިނަދޫއަށް ފޮނުވާލުމަށް ތައްޔާރުކޮށްފައިވާ ކަމަށެވެ.

ސްޓެލްކޯ އިން ބުނީ ހަތަރު މޮޑެލްގެ ޖަނަރޭޓަރު ވޯކްޝޮޕުން އެސެމްބަލް ކޮށްފައިވާ ކަމަށެވެ. އެގޮތުން STW600، STW500، STW300 އަދި STW800 އެސެމްބްލް ކޮށްފައިވާކަމަށް ވަނީ ބުނެފަ އެވެ.

"މި މޮޑެލްތަކުގެ ޖަނަރޭޓަރު ސެޓުތަކަށް އޯޑަރު ދިނުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ. ކޮންމެ ޖަނަރޭޓަރު ސެޓަކަށް ވެސް، ލޯކަލް ވޮރަންޓީ އާއި، އާފްޓަރސޭލްސް ސަރވިސް އަދި ކަސްޓަމަރުން ބޭނުންވެއްޖެ ހިނދެއްގައި އިންސްޓޯލް ކޮށްދިނުމުގެ ޚިދުމަތް ވެސް ސްޓެވޯއިން ފޯރުކޮށްދޭނެ." ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯގެ ވޯކްޝޮޕް ސްޓެވޯއިން އެސެމްބަލްކޮށްފައިވާ ފުރަތަމަ ޖަނަރޭޓަރުސެޓް އދ. ހަންނާމީދޫއަށް ވަނީ ގެންގޮސްފަ އެވެ. މިދިޔަ އޮކްޓޯބަރ މަހުގެ 4 ވަނަ ދުވަހު އިފްތިތާހުކުރި މިޖަނަރޭޓަރު ސެޓަކީ 300kVA ގެ STW300 މޮޑެލްގެ ޖަނަރޭޓަރު ސެޓެކެވެ.

ޚިދުމަތުގައި 70 އަހަރުގެ ދިގު ތާރީޚެއް އޮތް ސްޓެލްކޯގެ އިންޖިނިއަރުންނަކީ މި ރާއްޖޭގައި އެންމެ ތަޖުރިބާކާރު އިންޖިނިއަރުންނަށް ވެފައި، ކަސްޓަމަރުންނަށް އެންމެ އެދެވޭ ޚިދުމަތް ދެވޭނެ ކުންފުންޏަކީ ސްޓެލްކޯކަން މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީ ވަނީ ވޯކްޝޮޕް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފާހަގަ ކުރައްވާފަ އެވެ.

އެ ޖެނެރޭޓަރަކީ ރާއްޖޭން ބޭރުން ލިބެން ހުންނަ ޖެނެރޭޓަރުތަކާ އެއް ފެންވަރުގެ ޖެނެރޭޓަރެއް ކަމަށާއި އެއީ ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ޖެނެރޭޓަރެއް ކަމަށް ވެސް މުޣުނީ ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ސްޓެލްކޯގެ ވޯކްޝޮޕުން އާފްޓަރ ސޭލްސް ސަރވިސް ލިބިގެންދާނެ ކަމަށާއި، ދިމާވާ ކޮންމެ މައްސަލައެއް ހައްލުކޮށްދީ، ބަދަލުކުރަން ޖެހޭ ސްޕެއަރ އެއް ހުރިނަމަ ސްޓެލްކޯގެ އިންޖިނިއަރުން ގޮސް ބަދަލު ކޮށްދޭނެ ކަމަށް ވެސް މުޣުނީ ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް