އަވައްޓެރި ސްރީލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރިޔަށް އޮތް ތިން ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ ކޮޅިގަނޑު އުފެދިފައިވަނީ ރާއްޖޭގެ އިރު އުތުރުން ލަންކާ ކައިރީގައި ކަމަށެވެ.
މި ކޮޅިގަނޑުގެ ސަބަބުން ރާއްޖެ ސަރަހައްދުގެ ވަޔާއި ކަނޑު ގަދަވެ، ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށްލަފާކުރެވެ އެވެ. ހާއްސަކޮށް ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މިހާރުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް އޮތީ ވައިޓް އެލާޓު ނެރެފަ އެވެ. މެޓް އޮފީހުން ބުނީ ހުރިހާ ރަށަކަށްވެސް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އަދި ވިލާގަނޑުގައި ޅ. އަތޮޅުން އުތުރަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު ކ. އަތޮޅުން ދެކުނަށް 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ހަވީރާއި ހިސާބަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.
މެޓްއޮފީހުންވަނީ މޫސުމަށް ސަމާޅުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް