ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް މީޑިއާނެޓް ހިދުމަތް ދޭން އެޗްޑީސީއާ އެކު އެއްބަސްވެއްޖެ

ހުޅުމާލޭ ދެވަނަ ފިޔަވައްސަށް މީޑިއާ ނެޓުގެ ހިދުމަތް ދިނުމަށް އެ ކުންފުނިން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު އެއްބަސްވެއްޖެ އެވެ. އެޗްޑީސީން ބުނީ މި އެއްބަސްވުމުގެ ދަށުން އެޗްޑީސީން...

01 Nov 2021 | 06:11

ހުޅުމާލޭ ދެވަނަ ފިޔަވައްސަށް މީޑިއާ ނެޓުގެ ހިދުމަތް ދިނުމަށް އެ ކުންފުނިން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު އެއްބަސްވެއްޖެ އެވެ.

އެޗްޑީސީން ބުނީ މި އެއްބަސްވުމުގެ ދަށުން އެޗްޑީސީން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމު ކޮށްފައިވާ އޯޕަން އެކްސެސް ނެޓްވޯކް ބޭނުންކޮށްގެން މީޑިއާނެޓަށް ކޭބަލް ޓީވީގެ ހިދުމަތް ދެވޭނެ ކަމަށެވެ.

މީޑިއާ ނެޓާއެކު ވި އެއްބަސްވުމުގެ ސަބަބުން ހިދުމަތް ދިނުމަށް ހޭދަވާ ހަރަދު ކުޑަވެ، ހިދުމަތުގެ އަގު ކުޑަވުމުގެ އިތުރުން އެއްވެސް ދަތިކަމެއް ނެތި އަވަހަށް ގިނަ ހިދުމަތްތަކެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެޗްޑީސީން ބުނީ މިފަދަ ހިދުމަތްތަށް ދޭ ފަރާތްތަކުން އެއްވިއުގާއެއް ހިއްސާ ކުރުމުން އެކި ސަރަހައްދުތަކުގެ މަގު ކޮނުން ފަދަ ދަތިވާ ކަންކަން ކުރުން ވެސް ވަރަށް ބޮޑަށް މަދުކުރެވޭނެ ކަމަށެވެ. އަދި މުޖުތަމައަށް ބޭނުންވާ ފަދަ ޑިޖިޓަލް ކުރިމަގަކަށް ވާސިލުވުމަށް ވެސް ފަސޭހަވެ، މީގެ ފައިދާތަކާއި ތަފާތު ލުއި ފަސޭހަތައް ހުޅުމާލޭގައި އުޅޭ އާންމުންނާއި ވިޔަފާރިތަކަށް ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އޯޕަން އެކްސެސް ނެޓްވޯކަކީ ޑިޖިޓަލް އިންސްފްރާސްޓްރަކްޗާއެއްގެ މައިގަނޑު ވިއުގާ އެވެ. އެ ނެޓްވޯކް މެދުވެރިކޮށް، އިންޓަނެޓާއި ޓީވީގެ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް އެއް ވިއުގައަކުން ހިދުމަތް ދެވޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް