ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ޖެން ސާކީ އަށް ކޯވިޑް ޖެހިއްޖެ އެވެ.
ސާކީ ނެރުނު ބަޔާނެއްގައި ވިދާޅުވީ ކުރިން ހަމަޖެހިފަ އޮތް ގޮތުން ތިމާވެއްޓާއި ބެހޭ އދ. ގެ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ސްކޮޓްލެންޓަށް ކުރައްވާ ދަތުރުފުޅުގައި އޭނާ ދިއުމަށް އޮތީ ހަމަޖެހިފަ ކަމަށެވެ. އެކަމަކު ފަހު ވަގުތު ކެންސަލް ކުރަން ޖެހުނީ އޭނާގެ އާއިލާ ބަޔަކަށް ކޯވިޑް ޖެހުމުން ކަމަށެވެ.
އެމީހުން ކޯވިޑް ޕޮސިޓިވް ވީންސުރެ ޖެހިޖެހިގެން ތިން ދުވަހު ޓެސްޓު ކުރިނަމަވެސް ނަތީޖާ ދެއްކީ ނެގެޓިވް ކަމަށް ކަމަށް ސާކީ ވިދާޅުވެފަވެ އެވެ. ހަތަރު ވަނަ ދުވަހު އޭނާ ޓެސްޓު ކުރި އިރު ޕޮސިޓިވްވެފަވާ ކަމަށް ބުންޏެވެ.
އެކަމަކު ބަލީގަ މާ ބޮޑުވަރު ނުވާ ކަމަށާއި ހަމައެކަނި ކުޑަކޮށް ރޯގާ ޖެހިލާފައި ހުރީ ކަމަށް ވިދާޅުވި އެވެ. އޭނާ ކޯވިޑް ވެކްސިންގެ ދެ ޑޯޒުވެސް ފުރިހަމަ ކޮށްފަ އެވެ.
ސާކީ އާއި ބައިޑަން އެންމެ ފަހުން ބައްދަލުވީ މިދިޔަ އަންގާރަ ދުވަހު އެވެ. އޭނާ ވިދާޅުވީ އެ ދުވަހުވެސް މާ ކައިރިން ވާހަކަދެކެވިފަ ނުވާނެ ކަމަށާއި ދެމީހުންގެ ދެމެދުގައި ހަ ފޫޓުގެ ދުރުމިން ހުންނާނެ ކަމަށާއި އޭނާ ހުރީ މާސްކުވެސް އަޅައިގެން ކަމަށެވެ.
ބައިޑެންއަކީވެސް ވަރަށް އަވަސް އަވަހަށް ކޯވިޑަށް ޓެސްޓު ކުރައްވާ ބޭފުޅެކެވެ. ސާކީއަށް ނުދެވުމުން ބައިޑެން އާއި އެކު މިދަތުރުފުޅުގައި ވަޑައިގެންނެވީ ޑެޕިއުޓީ ޕްރެސް ސެކްރެޓަރީ ކެތަރިން ޖީން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް