އަހަރެއް ފަހުން ޗައިނާގެ ޖިއަންޒީން ކޯވިޑް ކޭހެއް ފެނި، ރިސޯޓެއް އެއްކޮށް ބަންދުކޮށްފި

ޗައިނާގެ ޖިއަންގްޒީ ޕްރޮވިންސްގެ ރިސޯޓަކުން ކޯވިޑް ކޭސްއެއް ފެނިއްޖެ އެވެ. މި ކޭސްއާއި އެކު އެޕްރޮވިންސް ވަނީ ވަރަށް ބޮޑަށް އެލާާޓަށް އައިސްފަ އެވެ. ރިޕޯޓުތައް ބުނާގޮތުގައި އެ ރިސޯޓުން ޕޮސިޓިވްވެފައިވ...

01 Nov 2021 | 04:03

ޗައިނާގެ ޖިއަންގްޒީ ޕްރޮވިންސްގެ ރިސޯޓަކުން ކޯވިޑް ކޭސްއެއް ފެނިއްޖެ އެވެ.

މި ކޭސްއާއި އެކު އެޕްރޮވިންސް ވަނީ ވަރަށް ބޮޑަށް އެލާާޓަށް އައިސްފަ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެ ރިސޯޓުން ޕޮސިޓިވްވެފައިވަނީ އެ ތަނުގެ ރެސްޓޯރެންޓުގެ ވެއިޓަރެކެވެ. މިއީ މިދިޔަ އަހަރާއި610 ދުވަހުގެ ތެރޭގައި އެ ޕްރޮވިންސްއިން ފެނުނު ފުރަތަމަ ކޯވިޑް ކޭސްއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި އެންމެ ފުރަތަމަ އާންމުން މަގުމައްޗަށް ނުކުތުން މަނާކޮށް ޓްރެފިކްލައިޓްތައްވެސް ރަތަށް ބަދަލު ކުރި އެވެ. އެކަމަކު ފަހުން އެ ފިޔަވަޅު އުވާލީ ކަމަށްވެ އެވެ.

ޕްރޮވިންސްގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އެ ރިސޯޓު ހިމެނޭ އަވަށާއި ވީ ހުރިހާ ސަރަހައްދެއް ބަންދުކޮށްފަ އެވެ. އަދި އިތުރު ބަޔަކަށް ކޯވިޑް ޖެހިފަވޭތީ އެ ސަރަހައްދުގެ ހުރިހާ އެންމެން ޓެސްޓު ކުރާނެ ކަމަށް ބުންޏެވެ.

އަދި މިމަހުގެ13 ވަނަ ދުވަހުގެ ފަހުން އެ ރިސޯޓަށް ގޮސްފައިވާ އެހެން ޕްރޮވިންސްތަކުގެ މީހުން ކޯވިޑް ޓެސްޓުކޮށް ކަރަންޓީންވާން ވަނީ އަންގާފަ އެވެ. އެ ރިސޯޓަކީ ވަރަށް މަގބޫލު ރިސޯޓެކެވެ. ރި÷ޯުތައް ބުނާގޮތުގައި އާންމުކޮށް ޗައިނާގައި ފާހަގަ ކުރާ ބަންދުތަކައި ދިމާކޮށް ދުވާލަކު އެތަނަށް26،000 ޓޫރިސްޓުން ޒިޔާރަތް ކުރެ އެވެ.

އެ ޕްރޮވިންސް ކައިރީގައި އޮންނަ ޖިއުޖިއަންގް ޕްރޮވިންސްގެ ރިސޯޓެއްގައި މަސައްކަތް ކުރާ މީހަކުވެސް ވަނީ މިދިޔަ ހޮނިހިރު ދުވަހު ޕޮސިޓިވްވެފަ އެވެ. އެމީހާ ވަނީ ރެއިލް މަގުން ޝަންގްރޯ ސިޓީން އެ ޕްރޮޮވިންސަށް ދަތުރުކޮށްފަ އެވެ. އެހެންވެ މި ކޭސްއާއި ގުޅިގެން އެހެން ސަރަހައްދުތަކަށް ބަލި ފެތުރުމުގެ ބިރު އެބައޮތެވެ.

އެންމެ ފުރަތަމަ ކޯވިޑް ފެނުނު ޗައިނާއިން ކޯވިޑް ކޮންޓްރޯލް ކުރަން އަދިވެސް ވަރުގަދަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އެގޮތުން އެންމެ ކޯވިޑް ކޭސްއެއް ފެންނަ ސަރަހައްދުތަކުން މަދުވެގެން 10،000 އަށްވުރެ ގިނަ މީހުން ޓެސްޓުކޮށް ބަލި ފެތުރެމުން ނުދާކަން ކަށަވަރު ކުރެ އެވެ.

އެގޮތުން ޖިއުޖިއަންގް ޕްރޮވިންސްއިން ފެނުނު ކޯވިށް ކޭސްއާއި ގުޅިގެން 386،000 މީހުން ދެ ދުވަސް ތެރޭގައި ކޯވިޑަށް ޓެސްޓުކޮށްފައިވެ އެވެ.

މިދިޔަ އަހަރު ކޯވިޑާއި ގުޅިގެން ޗައިނާ ބަންދު ކުރި ފަހުން އެ ގައުމު އަދިވެސް އާންމުކޮށް ހުޅުވާނުލާއިރު މިހާރު ގިނައިން ފެންނަމުންދާ ކޯވިޑް ކޭސްތަކަކީ އެހެން ގައުމުތަކުން ޗައިނާއަށްދާ އެގައުމުގެ ރައްޔިތުންގެ ފަރާތުން ފެންނަ ކޭސްތަކެވެ. ޗައިނާއިން މިދިޔަ ހޮނިހިރު ދުވަހު ޕޮސިިވްވި71 މީހުންގެ ތެރެއިން23 މީހުންނަކީ އެހެން ގައުމުތަކުން ޗައިނާއަށް ދިޔަ މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް