ކޯން ބަނޭގާ ކްރޯރްޕަތީ 13 ގެ ފަހުގެ އެޕިސޯޑެއްގައި އަނބިމީހާ ޖަޔާ ބައްޗަން އާއި ލޯބިން ކުުރި ކައިވެނީގެ ހަނދާންތައް އާވުމުން ބޮލީވުޑްގެ މަޝްހޫރު ތަރި އަމީތާބް ބައްޗަން އަށް އުފާވެރިކަން އިހްސާސް ކުރެވި ލަދުން މޫނުމަތި ރަތް ވެއްޖެއެވެ.
އަމީތާބްގެ އަންހެނުން ޖަޔާއަކީވެސް ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ އެކެވެ.
އަމީތާބް ހުށަހަޅަމުންދިޔަ ޓީވީ ޝޯއެއްގައި ހޫނު ގޮނޑީގައި އިން މަޝްހޫރު ވިޔަފާރިވެރިއެއް ކަމައްވާ ޝިވްޝަންކަރްގެ ކައިވެނި ކުރެވިގެން އައި ގޮތާއިމެދު އަމީތާބް ސުވާލު ކޮށްފައިވެއެވެ. އެއީ ލަވް މެރިއެޖެއްތޯ ނުވަތަ އެރޭންޖް މެރިއެޖެއްތޯއެވެ.
ޝިވްޝަންކަރް ބުނެފައިވަނީ އޭނާގެ ކައިވެންޏަކީ އާއިލާ ތެރެއިން ރޭވިގެން ކުރެވުނު އެރޭންޖް މެރިއެޖެއް ކަމުގައެވެ. އެއާއެކު އަމީތާބު ވަނީ އޭނާ ކުރެން އާއިލާ ތެރެއިން ރޭވިގެން ކުރެވޭ ކައިވެންޏާއި ލޯބީގެ ގޮތުން ދެމީހަކު ގުޅިގެން އުޅުމަށްފަހު ކުރާ ކައިވެނީގެ ތަފާތު ބުނެދޭން އެދިފައެވެ.
ޝިވްޝަންކަރް ބުނެފައިވަނީ ލޯބިންއުޅޭ ދެމީހެއްގެ ކައިވެނި ކުރާއިރަށްވުރެ އާއިލާއިން ރޭވިގެން ކުރާ އެރޭންޖް މެރިއެޖެއްގައި ދެމަފިރިން ތިބޭނީ މާބޮޑަށްވެސް ދުރުގައި ކަމަށެވެ. އޭނާ އިތުރަށް ބުނެފައިވަނީ މީހުންނަށް ހީވެފައި އޮންނަނީ އޭނާގެ ކައިވެންޏަކީ ވެސް ލޯބީގެ ގޮތުން ޒަމާންގަނޑެއް ވަންދެން ގުޅިގެން އުޅުމަށްފަހު ކުރެވިފައިވާ ލަވް މެރިއެޖެއް ކަމުގައެވެ. އަދި އޭނާ ވާހަކަ ދައްކަމުން މިދަނީ އަމިއްލަ ތަޖުރިބާގެ މައްޗައް ބިނާކޮށް ކަމަށް ބުނެފައިވެއެވެ.
ޝިވްޝަންކަރްގެ ވާހަކަ ޝައުގުވެރިކަމާ އެކު އަޑު އަހަން އިނުމަށްފަހު އަމީތާބް ބުނެފައިވަނީ އެރޭންޖް މެރިއޭޖަކީ ކޮބައިކަން އޭނާ އަށް ނޭނގޭ ކަމަށެވެ. އަދި އެހެން ބުނިވަގުތު އަމީތާބް ޖާޔާ އާއި މީގެ 47 އަހަރު ކުރިން ލޯބިން ކުރި ކައިވެނި ހަނދާންވެ، އޭނާގެ މޫނުމައްޗައް ވަނީ އާކައިވެނީގެ އުފާވެރިކަމާއި ލަދުރަކި ކަން ރަމްޒު ކޮށްދޭ ފަަދަ ކުލަވަރެއް ވެރިވެފައެވެ.
އަމީތާބާއި ޖާޔާ އެކުގައި ފެނިގެންދާ ފިލްމުތަކަށް ބަލާއިރު "ސިލްސިލާ" "އަބިމަން" "މިލީ" އަދި "ޝޯލޭ" ފަދަ ފިލްމުތަކުންނެވެ. މިދެތަރިންގެ ކައިވެންޏައް 47 އަހަރު ވެފައިވާއިރު އެކައިވެންޏަށް ވަނީ ދެ ދަރިންވެސް ލިބިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް