ދިވެހިރާއްޖޭގެ ނައިބުރައީސް، ފައިސަލް ނަސީމް، ބޮލީވުޑް ތަރި އަރްބާޒް ޚާނާ ބައްދަލުކުރައްވައިފިއެވެ.
ނައިބުރައީސް އާއި އަރްބާޒްގެ މި ބައްދަލުވުން އޮތީ އިއްޔެ، ރައީސް އޮފީހުގައެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ރާއްޖޭގައި ޕާފޯމިން އާޓްސް ކުރިއެރުވުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ޝައުގުވެރިކަން އަރްބާޒް ވަނީ ފާޅުކުރައްވާފައެވެ.
އަރްބާޒް ޚާނާއި އޭނާގެ ލޯބިވެރިޔާ ޖޯޖިޔާ އަންދްރިއާނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ އަމަޔާ ކުޑަރަށް މޯލްޑިވްސް ރިސޯޓްގައެވެ.
އަރްބާޒް ޚާން އަންނަނީ އޭނާގެ މި ޗުއްޓީގެ ފޮޓޯތައް، އޭނާގެ ރަސްމީ އިންސްޓަގްރާމް ޕްރޮަފައިލްގައި ޕޯސްޓްކުރަމުންނެވެ.
https://www.instagram.com/p/CVrdoHVP7LF/
އަރްބާޒް ޚާނަކީ ފިލްމު ކުޅުމުގެ އިތުރުން ފިލްމު އުފެއްދުމުގައިވެސް ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ފަރާތެކެވެ. އެގޮތުން ސަލްމާން ޚާން އެކްޓްކޮށްފައިވާ މަޝްހޫރު ބައެއް ފިލްމުތަކަކީ އަރްބާޒްގެ އުފެއްދުންތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް