ނޭޕާލަށް ރާއްޖެއިން ހަދިޔާކުރި ކޮވިޑު ވެކްސިން އިއްޔެ ލިބިފައިވާކަމަށް އެ ގައުމުން ބުނެފިއެވެ.
ރާއްޖެއިން ނޭޕާލަށް ހަދިޔާކޮށްފައިވަނީ އެސްޓްރާޒެނެކާގެ 201,600 (ދެލައްކަ އެއްހާސް ހަ ސަތޭކަ) ޑޯޒެވެ.
އެގައުމުގެ މީޑިއާތަކަށް މައުލޫމާތުދެމުން ނޭޕާލުގެ ހެލްތު ސާވިސަސް ޑިޕާޓްމެންޓުން ބުނެފައިވަނީ ގަތަރު އެއާވޭސްގެ ފްލައިޓަކުން އިއްޔެ އެ ގައުމަށް ގެންދިޔަ މި ޑޯޒްތަކާއި އެގައުމުން މިހާރު ހަވާލުވެފައިވާނެ ކަަމަށެވެ. މި ވެކްސިންތަކަކީ އެއް މަހުގެ އެކްޕަޔަރީ އާއެކު ލިބުނު ވެކްސިން ކަމުގައި އެ ޑިޕާޓްމެންޓުން ފާހަގަކޮށްފައިވެއެވެ.
މިދިޔަ މަހު ބޫޓާނުން ނޭޕާލަށް 230،000 (ދެލައްކަ ތިރީސް ހާސް) ޑޯޒްގެ އަސްޓްރާޒެނެކާ ޑޯޒް ހަދިޔާކޮށްފައިވެއެވެ. އެ ޑޯޒްތައް ހަދިޔާކުރި އިރު އެކްސްޕަޔަރ ވާން ބާކީ އޮތީ ހަފްތާއެކެވެ. އެ ޑޯޒްތައް އެ މުއްދަތުގައި ބޭނުންކޮށްފައިވާކަމަށް ނޭޕާލުން ބުނެފައިވެއެވެ.
ރާއްޖެެއަށް ލިބިފައިވާ ވެކްސިންގެ ތެރެއިން ބައެއް، އަވަށްޓެރި ބަންގްލަދޭޝަށާއި ނޭޕާލަށް ހަދިޔާކުރާނެކަން ދިވެހި ސަރުކާރުން މިދިޔަ މަހުގައި ވަނީ ހާމަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް